ޕީޕީއެމް ސެނެޓް ބައްދަލުވުމުގެ ތެރެއިން
ހަބަރު
17 Oct 2024 | 16:57
ޕީޕީއެމްގެ ނައިބަކަށް ހަލީލް، އެސްޖީއަކަށް ހަލީމް އައްޔަނުކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ނައިބު ރައީސްކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ހަލީލް އަދި ސެކެރެޓަރީ ޖެނެރަލްއަކަށް އިބްރާހީމް ޢަބްދުއްރައްޒާޤް އިންތިހާބުކޮށްފިއެވެ.

ސަރުކާރު ހިންގާ ޕީއެންސީ ކޯލިޝަނުގައި ހިމެނޭ، ޕީޕީއެމްގެ ނައިބްރައީސް އާއި އެސްޖީގެ މަގާމަށް ބޭފުޅުން އައްޔަނުކޮށްފައިމިވަނީ، މިއަދު ބޭއްވި ސެނެޓް ބައްދަލުވުމުގެ ތެރެއިންނެވެ. ޕީޕީއެމްގެ ނައިބްރައީސް ކަމުގެ މަޤާމަށް ހަލީލް އަދި އައިޖީއެމްއެޗްގެ ސީއީއޯކަމުގެ މަގާމުގައި ހުންނެވި ޢަބްދުއްރައްޒާޤް އައްޔަނުކޮށްފައިވަނީ ބައިވެރިވި ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ހުސްވެފައިވާ ނައިބުގެ މަޤާމަށް ހަލީލް އައްޔަނުކުރިއިރު، ކުރިން އެމަގާމުގައި ހުންނެވީ ރައީސް ޑރ.މުއިއްޒުއެވެ. އެ ޕާޓީގެ އެސްޖީގެ މަގާމުގައި ކުރިން ހުންނެވީ ތޮލާލެވެ.

ޕީޕީއެމް ސެނެޓް ބައްދަލުވުމެއް ބާއްވާފައިމިވަނީ ސެނެޓްގެ ބައްދަލުވުމެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށްފަހުގައެވެ.

ޕީޕީއެމްގެ ލީޑަރޝިޕަށް މިއަދު އައްޔަނުކުރި މެމްބަރުންނާއެކު މިހާރު އެޕާޓީގެ ނައިބުންގެ ގޮތުގައި ތިއްބަވާނީ ފިޝަރީޒް މިނިސްޓަރު ޝިޔާމް އާއި ދިފާއީ ވަޒީރު ގައްސާން މައުމޫނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
އޮސްޓްރޭލިއާގެ ތަރައްޤީގެ ތަސައްވަރުގައިވާގޮތަށް އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިކުރަނީ
އަލްބަނީޒް ވިދާޅުވީ، ޗައިނާއާ އެކު އޮންނަ ގުޅުން ހަމަހަމަކުރުމާއި، ދެކުނު އިރުމަތީ އޭޝިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން އިންޑިއާއާ އެކު އޮންނަ ގުޅުން އާ އުސްމިންތަކަށް އުފުލުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ
27 Jun 2026
ކުދިން އިމްތިޙާނަށް ތައްޔާރުވުމުގައި ބެލެނިވެރިންގެ ދައުރު
ބައެއް ކުދިންނަކީ ނުތަނަވަސްވާ ކުދިންނެވެ. އަނެއްބައި ކުދިން ވަރުބަލިކަން އިހުސާސްކުރާއިރު، އިމްތިހާނަށް ތައްޔާރުވާނެ ރަނގަޅު ގޮތް ނޭނގޭ ކުދިންވެސް އުޅެއެވެ. މިފަދަ ދަނޑިވަޅެއްގައި ބެލެނިވެރިންގެ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ
27 Jun 2026
މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ އަންހެނަކާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް
އެ ދެ މީހުން ކައިރީ ޓްރެފިކް ޕޮލިސް އޮފިސަރަކު ހުރިނަމަވެސް އެމީހުންގެ އަމަލުތައް ހުރީ އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުވާ ފަދަ ގޮތަކަށެވެ
27 Jun 2026
އެންމެން ހައިރާންކޮށްލުމަށްފަހު، ކޭޕް ވާޑް، ވަރލްޑްކަޕްގެ ނޮކްއަުޓްބުރަށް
ކޭޕް ވާޑްގެ މި ކާމިޔާބީއާ ގުޅިގެން ފުޓްބޯޅަ ލެޖެންޑް އަދި ސްކައި ސްޕޯޓްސްގެ އެނަލިސްޓް ގެރީ ނެވިލް ބުނީ، ކޭޕް ވާޑުން ސާބިތުކޮށްދިނީ ފުޓްބޯޅައަކީ ލަފާކުރަން ދަތި ކުޅިވަރެއްކަމަށެވެ
27 Jun 2026
ޑެމްބެލޭގެ ހެޓްރިކާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސް އަނެއްބުރަށް
މިމެޗްގައި ޑެމްބެލޭ ވަނީ ވަރލްޑްކަޕްގައި މިހާތަނަށް އެންމެ އަވަހަށް ހެދި ހެޓްރިކްގެ ރެކޯޑް ގާއިމްކޮށްފައެވެ
27 Jun 2026
ހަންޏާމީދޫގައި ހިތާމަވެރި ހާދިސާއެއް؛ ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ
މި ހާދިސާގައި ނިޔާވީ އުމުރުން 13 އަަހަރުގެ ކުއްޖެކެވެ. އެއީ އެރަށު ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.