ގުޑުގުޑާ ދޫނިތަކެއް: ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް
ހަބަރު
18 Oct 2024 | 14:34
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތި އެތެރެކޮށްފިނަމަ 30،000 ރުފިޔާއިން ޖޫރިމަނާކުރަނީ

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ އެއްޗެއް ޤާނޫނާއި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދަޔާއެކު މެނުވީ އެތެރެކޮށްފި ނަމަ އެ އެތެރެކުރި ކޮންމެ އެއްޗަކަށް -/30,000 ރުފިޔާގެ މަގުން އެ އެއްޗެއް އެތެރެކުރާ ފަރާތެއް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވައިދުގެ ދަށުން ހުއްދަނެތި ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި އިމްޕޯޓްކުރުމާއ،ި އެކްސްޕޯޓްކުރުމާއ،ި ރީއެކްސްޕޯޓްކުރުމާއ،ި ކަނޑުން އެތެރެކުރުމަކީ މަނާކަމެކެވެ.

މި ގަވާއިދަށް އެއްވަނަ އިސްލާހު ގެނެސް އިއްޔެ ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އެ އިސްލާހުގައުވާގޮތުން، ނެތިދިޔުމުގެ ބިރު ހީވެފައިވާ، ދިރޭ އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ޤާނޫނާއި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދަޔާއެކު މެނުވީ އިމްޕޯޓްކުރުމާއ،ި އެކްސްޕޯޓްކުރުމާއ،ި ރީއެކްސްޕޯޓްކުރުމާއ،ި ކަނޑުން އެތެރެކުރުމަކީ މަނާކަމެއް ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ -/10000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ. 

އަދި އެއިން އެއްޗެއްގެ އުފެއްދުމެއް ޤާނޫނާ ޚިލާފަށް އަމިއްލަ ބޭނުމަށް ގެންގުޅުމާއ،ި ކޮންޓްރޯލްކުރުމާއ،ި ވިއްކުމާއ،ި ވިއްކުމަށް މަސައްކަތްކުރުމާއ،ި އާންމުންނަށް ފެންނަ ތަންތަނުގައި ބެހެއްޓުމަކީ ވެސް މަނާ ކަމެއް ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ވެސް -/10000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. 

މި ގަވާއިދުގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް ދައްކާ ހުއްދައިގެ ފީއަކީ 150 ރުފިޔާއެވެ. އެ ދޫކުރާ ހުއްދައިގެ ޝަރުތުތަކާ ޚިލާފުވުމަކީ ވެސް ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށް ވާއިރު އެފަދަ އަމަލެއް ކޮށްފިނަމަ، 5000 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ. 

މީގެ ކުރިން ގަވައިދުގައި އޮންނަނީ އެފަދަ ދިރުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަނެތި އެތެރެ ކުރާ ފުރަތަމަ ފަހަރު -/10000 ރުފިޔާ، ދެވަނަ ފަހަރު -/20000 ރުފިޔާ ތިން ވަނަ ފަހަރު -/40000 ރުފިޔާ އަދި އޭގެ ފަހުން އެފަދަ ކަމެއް ތަކުރާރު ކުރާ ކޮންމެ ފަހަރަކު އެއްމިލިއަން ރުފިޔާއަށްވުރެ ބޮޑު ނުވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. 

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގާނޫނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ