މުވައްޒަފުން ތަކެއް މަސައްކަތް ކުރަނީ: ފޮަޓޯ/ ވޮއިސް
ހަބަރު
18 Oct 2024 | 19:30
އިހުމާލުން މުވައްޒަފަކު މަރުވެއްޖެ ނަމަ 1.46 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ޖެހޭ ގޮތަށް ހަދައިފި

ވަޒީފާގެ މާހައުލުގައި ވަޒީފާ ދިން ފަރާތުގެ އިހުމާލުން މުވައްޒަފެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ބަދަލެއް ވާރިސުންނަށް ދޭން ޖެހޭ ގޮތަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ގަވާއިދެއް ހަދައިފި އެވެ.

މިދިޔަ ބުދަ ދުވަހު އަމަލުކުރަން ފެށި "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގަވާއިދު"ގައި ވާގޮތުން މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތުގެ ސަބަބުން މީހަކަށް އަނިޔާއެއްވެ، ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެނަމަ، އަދި މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެނަމަ، ޚަރަދުތަކާއި ގެއްލުމުގެ ބަދަލު އެ މީހަކަށް ނުވަތަ އެ މީހެއްގެ ވާރިސުންނަށް ދޭންޖެހޭނެ ކަމަށެވެ.

އެގޮތުން މަސައްކަތުގެ މާހައުލުގައި އަނިޔާއެއް ލިބިއްޖެނަމަ، ލިބުނު އަނިޔާއަށް ބޭސްފަރުވާގެ ހުރިހާ ހަރަދަކާއި، ބޭސްފަރުވާ ކުރަން ޖެހުމުން މަސައްކަތަށް ނުނިކުމެވޭ ދުވަސްތަކުގެ އުޖޫރައާއި، ލިބުނު އަނިޔާގެ ސަބަބުން މެދުވެރިވި ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމަށް ލިބޭ ގެއްލުމުގެ ބަދަލުގެ އިތުރުން އެ ލިބުނު އަނިޔާގެ ސަބަބުން ފުރާ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލުދޭންޖެހޭ ގޮތަށް ވަނީ ހިމަނާފައެވެ. 

އެގޮތުން، ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވާ މަސައްކަތްތެރިއަކަށް ގެއްލުމުގެ ބަދަލު މަދުވެގެން 10 އަހަރަށް ނަގައިދޭން ޖެހެ އެވެ. އަދި މިފަދަ ހާލަތެއް ދިމާވާ މަސައްކަތްތެރިއަކަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މަދުވެގެން އެއް މިލިއަން އަދި އެންމެ ގިނަވެގެން 19 މިލިއަން ރުފިޔާ ދޭންޖެހޭނެއެވެ. ބަދަލު ދޭންޖެހޭ އަގު ކަނޑައެޅުމުގައި މީހާގެ އުމުރާއި ނުކުޅެދުންތެރިކަމުގެ ނިސްބަތާއި އަދިވެސް އެހެން ބައެއް ކަންކަމަށް ބަލަން ޖެހެއެވެ.

މީގެ އިތުރުން، މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުން މުވައްޒަފު މަރުވެއްޖެ ނަމަ، އިހުމާލު އޮތް މިންވަރާއި މަސައްކަތްތެރިޔާގެ އުމުރާއި އޭނާގެ އުޖޫރައަށް ބަލައި، ބަދަލު ދިނުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ބަދަލު ނަގައިދެވޭނެ އެންމެ ކުޑަ އަދަދަކީ 1.46 މިލިއަން ކަމަށް ވާއިރު އެންމެ ބޮޑު އަދަދަކީ 15.4 މިލިއަން ކަމަށް އެ ގަވާއިދުގައިވެ އެވެ.

އަދި މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50،000ރ. ވާރިސުންނަށް ދޭން ޖެހޭނެ އެވެ.

ކޮމެންޓް
މުސަލްމާން
އެހެންވީރުން ތިބުނާ އޮފީހެއް ނުވަތަ ވުޒާރާއެއް ނުހުންނާނެ ގުދުރަތީ މަރެއް ކަމަށް އާޙިރުގަ ކަން ނިމޭއިރު ވެގެންދާނީ ވާރިސުންނަށް ދޭންޖެހޭ އެއްޗެއް އޮތްކަމަކަށް ނުވާނެ ........!
19 Oct 2024
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ