ނަރީޝް
ހަބަރު
19 Oct 2024 | 15:18
ބުޅަލުގެ މައްސަލަ ކުރިން ހައްލުނުކުރެވުނީ އެމްޑީޕީގެ ވެރިކަމުގައި ބިން ހަމަޖައްސައިނުދިނުމުން: ނަރީޝް

މާލެއަށް ކުރިމަތިވެފައިވާ ބުޅަލުގެ މައްސަލަ ކުރިން ހައްލުނުކުރެވުނީ އެމްޑީޕީގެ ވެރިކަމުގައި ބިން ހަމަޖައްސައިނުދިނުމުންކަމަށް މާލެސިޓީގެ މޭޔަރުގެ ނައިބު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝްގެ ފޭސްބުކް އެކައުންޓްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއަށް ކުރިމަތިވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ސަރުކާރުތަކުން ދައްކަމުންއައި ހަމައެކަނި ވާހަކަތަކެއް ކަމަށެވެ. ނަރީޝް ވިދާޅުވީ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ފެށުނީ، މާލެސިޓީ މޭޔަރުގެ މަޤާމުގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުންނަވައި ފެއްޓެވި މަސައްކަތްތަކުން ކަމަށެވެ.

ނަރީޝް ވިދާޅުވީ ކައުންސިލްގައި ރައީސް މުއިއްޒު ހުންނަވައި ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް ކުރައްވަމުން އައި މަސައްކަތްޕުޅުތައް ހުއްޓުމަކަށް އައީ އޭރުއޮތް އެމްޑީޕީ ސަރުކާރުން އެކަމަށް ދޭންޖެހޭ ބިން ހަމަޖައްސައި ނުދީ ހިފެހެއްޓުމުން ކަމަށެވެ.

ރައީސް ކަމށް އިންތިހާބުވުމަށްފަހު ފުރަތަމަ އަހަރުގެ ތެރޭގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިޔަށް ގެންދިޔަ މަސައްކަތުގެ ތެރެއިން ކެޓް ޝެލްޓަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެދުނު ގޮތަށް ކޮށްދިނީ ސިޓީ ކައުންސިލުން ކަމަށް ނަރީޝް ފާހަގަކުރެއްވިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ހުޅުމާލޭގައި އަޅާ ކެޓް ޝެލްޓާއަށް އަންނަ މަހުގެ ތެރޭގައި ބުޅާތައް ގެންދެވޭނޭކަމަށް ވިދާޅުވެފައެވެ. 

ހުޅުމާލޭގައި ކެޓްޝެލްޓާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. މި ފެސިލިޓީ ހެދުމަށް އެޗްޑީސީން މާލެ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފައިވާއިރު، ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ބިނާ ކުރާ މި ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިމޭއިރު އެކި ވައްތަރުގެ ޕެޓް ކެއާ ޕެސިލިޓީއެއް ވެސް އެތަނުގައި ހަދާނެ ކަމަށް މާލެ ސިޓީ ކައުންސިލް އިން މީގެ ކުރިން ވަނީ ބުނެފައެވެ.

މީގެ ކުރިން ރައީސް ޑރ.މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި އިރު، މާލެ ތެރޭގައި އުޅޭ 1،000 ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް ބެލެހެއްޓޭ ވަރުގެ ފެސިލިޓީއެއް އެޅުމަށް ނިންމެވިިއިރު، ވެރިކަމާއި ހަވާލުވެވަޑައިގެން، ގްރޭޓާރ މާލެ ސަރަހައްދުގައި ބުޅާ ގިނަވާ މައްސަލަ ހައްލު ކުރަން ކ.ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ޤާއިމު ކުރަން ނިންމަވާފައިވާކަމަށް އިއުލާން ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ކޮމެންޓް
އިއްބެ
ކަލޭމެން އެކަކުއަނެކަކާދިމާލަށް ކޮއްމެކަމެއްނުވެގެން ނުކުރެވިގެން އިނގިލިދިއްނުކުރާށެވެ މިކަމަކީކޮއްމެމީހަކުކުރިޔަސް އެމީހަކުކުރަންވީކަންކަން ނުކުރެވުނީމައި ކުރާކަމެކެވެ މިކަމަކީ މަކާރިމުލްއަޚުލާޤާއިފުށުއަރާކަންކަމެވެ
19 Oct 2024
ސުހޭލް
ޢަދިވެސް އެމްޑީޕީ ނުކިޔާވަރެއް ނުވޭތަ
19 Oct 2024
ޖާނޭ
ތިޔަބުނާ ހޮޅިމުއީޒު މާލޭގެ މޭޔަރު ކަމުގައި 3 އަހަރު ހުރިިީރުވެސް ތިޔަފެސެލެޓީ އެއްނެހެދުނު މިހާރުގެ މޭޔަރު އާދަމް ތިޔަފެސެލެޓީ ހެއްދެވީ 6 މަސްދުވަހުން ވަރަށް ވަރަށް ސާފް
19 Oct 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.