މާލީ ވަޒީރު މޫސާ ޒަމީރު
ހަބަރު
19 Oct 2024 | 15:52
މާލިއްޔަތު ޤާނޫނާ ހިލާފަށް މިދިޔަ ސަރުކާރުން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި މައްސަލައެއް ބަލަނީ

ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި މިދިޔަ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދާފައި ހުރިކަން ފާހަގަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހަރަދުތައް އާއްމު ނުކުރާ މައްސަލާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ހަރަދުތައް ރެކޯޑް ކުރުމުގައި މިދިޔަ ސަރުކާރުން ވަރަށްބޮޑަށް އިހުމާލުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން ހަރަދުކުރި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ، ހަމަޖެހިފައިވާ އުސޫލުން ކުރެވުނު މުއާމަލާތްތަކުގައި ނުހިމަނައި ހުރިކަން މިނިސްޓަރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ މިކަން ހިނގާފައިވާގޮތް ބެލުމަށް އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅުއްވާފައިވާކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހާރު މި މައްސަލަ ބައްލަވަމުން ގެންދަވާކަން ޒަމީރު ވިދާޅުވިއެވެ. އަދި މިކަމުގެ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް އޮޑިޓް އޮފީހުން ފަށާފައިވާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، ހަރަދު ކުރަން ޖެހެނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ބަޖެޓްގެ ތެރެއިން ކަމަށާއި، މާލިއްޔަތު ގަވައިދާ ހިލާފަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ.

މާލިއްޔަތު ގަވައިދާ ހިލާފަށް ހަރަދުކުރި މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން. 

ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ 2020 އިން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ބަޖެޓް ހުށަހެޅިއިރު، ކަންތައްތައް ކޮށްފައި އޮތީ މިފަދައިން ކަމަށާއި، އެކަމާއި ގުޅިގެން އޭރުގެ މަޖިލީހުގެ ރިޔާސަތުންވެސް ވަރަށް ގިނަ ފަހަރަށް މި މައްސަލައާއި ގުޅޭ ގޮތުން ވާހަކަދައްކާފައިވާކަމަށެވެ.

މި މައްސަލައިގައި އިތުރަށް ކުރިއަށްދާނެ ގޮތް ނިންމާނީ އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓް ލިބުމުންކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ، ގާނޫނާއި ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައި ހުރި ކަމަށާއި، މި މައްސަލަތައް ބަލައި، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

މިފަދަ ކަންކަން ތަކުރާރު ނުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެކަމުގެ ޔަގީންކަން އުޝާމް ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Aug 2026
ޑރ. ހައްމާދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފި
އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާއިން ރާއްޖޭގައި ހުރި ފުރަތަމަ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް ޑރ. ހައްމާދު އާދަމް އަލުން އެ ހޮސްޕިޓަލުގެ ޓީމާ ގުޅިފައިވާ ކަމަށެވެ.
14 Aug 2026
ސުންނަތަކީ ނުކުރިއަސް ވަރިހަމަ ކަންކަން ކަމަށް ހީކުރުމަކީ ބޮޑު އޮޅުމެއް
އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރުކުރައްވާފައިވާ ދީނަކީ އިސްލާމްދީންކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނުލިބޭނެއެވެ.
14 Aug 2026
ރައީސަށް ޝަކުވާ: ސުކޫލުތަކުގެ ފާހާނަތައް ހަޑި، ޑެސްކުތަކުގައި ހުތުރު އެއްޗެހި ލިޔެފައި
ރައީސް ވަނީ އެކަންކަން އެހެން ވެގެން ނުވާނެކަން ފާހަގަކޮށް އެ މައްސަލަތައް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
14 Aug 2026
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.
14 Aug 2026
ސިގްނަލްތައް ރަތްވެއްޖެ. ރައްޔިތުން ދުށް ހުވަފެންތައް ބިލާހަކަށްވެ ނިމިއްޖެ: ޝާހިދު
ޝާހިދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭންބުނި ހަމަ އެއްވެސް ކަމެއް ހާސިލްނުވި ނަމަށާއި ނަތީޖާއަކީ މިއަދު ރައްޔިތުންނަށް އެތައް ގޮތަކުން ދަތިވުންކަމަށެވެ
14 Aug 2026
ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ތަފާތުވާނެ
ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން އެންމެން އެކުގައި ކުރާ މަސައްކަތުން ނުކުންނަ ނަތީޖާ ބޮޑުތަނުން ރަނގަޅުވާނެ ކަމުގައި ކަމުގައި އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޢަލީ ޒަހީރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
14 Aug 2026
ފިތުނަފަސާދަތަކަށް ހުރަސްއެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި
ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފަދަ އެންމެހައި ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި، އިލްތިމާސްކުރައްވައިފިއެވެ.
14 Aug 2026
40 ޖަމިއްޔާއާއެކު ޖަމިއްޔަތުއްސަލަފްގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި
ދާރުލްއާސާރުގައި ރޭ 8:45 ގައި މަހާސިންތާ ފެށުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު މި ޙަފްލާގައި މަހާސިންތާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ޝަރަފުވެރިމެހެމާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.