ބިބީގެ ޕޯސްޓަރު
ހަބަރު
20 Oct 2024 | 08:34
"ބިބީ" ގެ އެންމެ ފަހު ޝޯ މިރޭ އޮލިމްޕަހުގައި

އޮލިމްޕަހުގައި ފުރަތަމަ ފަހަރަށް ދައްކަންފެށި ބިރުވެރި/މަޖާ ފިލްމް "ބިބީ" ގެ އެންމެ ފަހު ޝޯ މިރޭ ދެއްކުމަށް ތައްޔާރުވެއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ބިބީގެ ޕްރޮޑަކްޝަން ހައުސްގެ ވެރިޔާ އަދި ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގަ) ބުނީ، އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ލިބުނު އެންމެ ފަހު ރެއަކީ މިރޭ ކަމަށާއި، އެންމެ ފަހު ޝޯގެ ޓިކެޓް މިހާރު ވިއްކަމުންދާކަމަށެވެ. 

ބިބީ އޮލިމްޕަހުގައި ދައްކަން ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރެއެވެ. ފިލްމް ދައްކަން ފެށިފަހުން ބެލުންތެރިންގެ ބޮޑު ތާރީހެއް ލިބިފައިވާއިރު، ރިވިއުތަކުން ފެންނަގޮތުގައި ބެލުންތެރިން ވަނީ މި ފިލްމް ވަރަށްބޮޑަށް ބަލައިގަނެފައެވެ.

އެގޮތުން ދިވެހި ސިނަމާއަށް އައި ފުރަތަމަ ހެއްވާ މަޖާ/ބިރުވެރި ފިލްމަށް ވުމުން ބެލުންތެރިން ވަނީ މި ފިލްމް ކިތަންމެހާވެސް ރަނގަޅަކަށް ބަލައިގަނެފައިކަން ސޯޝަލް މީޑިއާގައި މީހުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލާލުމުން އެނގެއެވެ.

ގިނަ ބަޔަކު ބުނެފައިވަނީ މި ފިލްމަކީ ދިވެހި ސިނަމާއަކުން މިހާތަނަށް ފެނުނު އެންމެ ތަފާތު ފިލްމު ކަމަށެވެ. އެގޮތުން ފިލްމްގެ ވާހަކަ އަދި ޑައިރެކްޝަނުގެ ރަނގަޅުކަން ގިނަ ބަޔަކުވަނީ ފާހަގަކޮށްފައެވެ. 

ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ، އެކްޓަރު ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ފިލްމުން ތަޖުރިބާކާރު ފިލްމީތަރި ޝީލާ ނަޖީބުގެ އިތުރުން އިތުރު ތައާރަފަކަށް ބޭނުންނުވާ، އަހުމަދު ސައީދު، މަލީހާ ރަޒާން ރާމިޒުވެސް ފެނިގެންދިޔައެވެ. އަދި ހާއްސަ ފެނިލުމެއްގެ ގޮތުން ދިވެހި އެތައް ފިލްމަކުން ފެނިގެންދިޔަ ކުޅަދާނަ އެކްޓަރު އިސްމާއީލް ވަޖީހުވެސް މި ފިލްމުން ފެނިގެންދިޔައެވެ.

ބިބީގެ ޓިކެޓް އޮލިމްޕަހުން މިހާރު ވިއްކަމުންދާއިރު، ޑާކްރެއިނުން ވަނީ އޮލިމްޕަހަށް ނުގޮސްވެސް ޓިކެޓް ގަނެވޭނޭ އިންތިޒާމް ހަމަޖައްސާފައެވެ. "ބިބީ" ގެ ހޮޓްލައިން ނަމްބަރު 9911229 އަށް ވައިބާ /ވަޓްސްއަޕް މެދުވެރިކޮށް މެސެޖް ކޮށްލުމުން ބޭނުންވާ ޝީޓެއް ޓިކެޓް ނެގުމަށް، އޮންލައިނުކޮށް ޓިކެޓަށް ފައިސާ ދައްކާލެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Aug 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ޒުވާނަކު އުމުރަށް ޖަލަށް
އެ ކުށް ސާބިތުވީ ށ. މާއުނގޫދޫ، ފެހިވިލާގެ, މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށެވެ.
11 Aug 2026
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 51 އިންސައްތަ އިތުރުކޮށްފި
ފިޔަވަޅުގެ ބޭނުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ހޯދެން ހުރި ފުރުޞަތުތައް ފުޅާކޮށް އިމްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން
11 Aug 2026
އެމްއެންޔޫގެ ދެވަނަ ސެމިސްޓަރަށް ގުޅުނު 1400 ދަރިވަރުންގެ އޮރިއެންޓޭޝަން ބާއްވައިފި
މި ޕްރޮގްރާމުގެ ފެށުމުގެ ތިން ދުވަހުގައި މައިގަނޑު ގޮތެއްގައި ބާރު އެޅީ ހަމައެކަނި ސަނަދެއް ހޯދުމުގެ ބަދަލުގައި ޢަމަލީ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމުގެ މައްޗަށެވެ
11 Aug 2026
ހިރިމަރަދޫ ކައުންސިލް އަލުން އިޢާދަކޮށް އިންތިޚާބު ބާއްވަން އެމްޑީޕީން ގޮވާލައިފި
ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ކައުންސިލް ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އުވާލާފައިވާތީ، އެކަން ބާޠިލުކޮށް ރަށު ކައުންސިލް އަލުން އިޢާދަކުރުމަށްފަހު އިންތިޚާބު ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
11 Aug 2026
މަޖިދީމަގުގައި ރޭގަނޑު މުޒާހަރާ ކުރަން ހުއްދަ ނުދެވޭނެ: އިހްސާން
އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބާއްވަން ރާވާ މުޒާހަރާ, މަޖީދީމަގުގައި ކުރިއަށް ގެންދަން ހުއްދަ ނުދެއްވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
11 Aug 2026
އޭއައި މޮޑެލްތައް ކޮންޓްރޯލުން ނެއްޓެމުންދާ ހާދިސާތައް
ފާއިތުވި ދެ ހަފުތާގެ ތެރޭގައި އޯޕަންއޭއައި، މެޓާ، އެންތްރޮޕިކް އަދި އިނގިރޭސިވިލާތުގެ އޭއައި ސެކިއުރިޓީ އިންސްޓިޓިއުޓް (އޭއައިއެސްއައި) އިން ވެސް އެ ފަރާތްތަކުގެ އޭއައި މޮޑެލްތައް ކަނޑައެޅިފައިވާ އިމުން ބޭރުވި ހާދިސާތައް ހާމަކޮށްފިއެވެ.
11 Aug 2026
121 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުލުހުން އަތުލައިގަތް
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި 121 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
11 Aug 2026
ޕީޖީ އޮފީހުގެ ޑިޖިޓަލް މަޝްރޫޢު "ޕީޖީއޯ 2.0" އިފްތިތާޙް ކޮށްފި
މި މަޝްރޫޢުގެ ދަށުން ޕީޖީ އޮފީހުގެ އެންމެހައި މަސައްކަތް އެއްކޮށް ޑިޖިޓައިޒް ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެގޮތުން ޕްރޮސިކިއުޝަން މަސައްކަތަށް ޚާއްޞަ ސޮވްރިން އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކުރަން ފެށުމާއި ކޭސް މެނޭޖްމަންޓް ސިސްޓަމުގެ ތެރެއަށް އެ ޓެކްނޮލޮޖީ ގުޅައިލުން ހިމެނެއެވެ.