ކްރިމިނަލް ކޯޓް
ހަބަރު
20 Oct 2024 | 11:32
ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން، ބުނީ ވަނީ ޖެހިގެން ހުރި ގޭގެ ޓިނު ރަނގަޅުކުރަން ކަމަށް!

މާލޭގެ ގެއަކުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތު ގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ބަގީޗާގެ، އަލީ ވިސާމް 39އ، އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

އޭނާގެ ބަންދު އަމުރުގައިވާގޮތުން އޭނާ ވައްކަން ކުރަން ވަދެ އުޅޭކަން ޓޯކީން ގޮވައި މައުލޫމާތު ދިނުމުން، ފުލުހުން ސީނަށް ގޮސް މައުލޫމާތު ސާފު ކުރިއިރު،  އެތަނުގައި ތިބި މީހުން ގާތުގައި އޭނާ ބުނީ އޭނާ އެތަނަށް އެރީ އެގެއާއި ޖެހިގެން ހުރިގޭގެ ފުރާޅުގެ ޓިނު ރަނގަޅު ކުރުމަށް ކަމަށް އެމީހުން މައުލޫމާތު ދިން ކަމަށެވެ.

އެކަމަކު މިކަމާ ގުޅިގެން ފުލުހުން އޭނާ އާ ސުވާލު ކުރުމުން އޭނާ ބުނީ އެތަނަށް އެރީ އެގޭ ފުރާޅަށް އޭނާގެ ފޯނު ވެއްޓިގެން ކަމަށްވެސް ބުނެފައުވެއެވެ.

މީގެ އިތުރުން، ބަންދު އަމުރުގައިވާގޮތުން، އޭނާ އަކީ މި ބާވަތުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން 24 ފަަހަރު ހައްޔަރުކޮށް 15 ފަހަރު ބަންދުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ