އިންތިޚާބު ވަގުތީ ނަތީޖާ އިއުލާން ކުރުން މިރޭ

07 Apr 2019 | 17:24

އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާން ކުރެވޭނެކަމަށެވެ. މިރޭ ނަތީޖާ އިއުލާން ކުރައްވާނެ ކަމަށް ޝަރީފު ވިދާޅުވި ނަމަވެސް ވަކި ވަގުތެއް ހާމަކުރައްވާފައި ނުވެއެވެ.

މި ފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ 87 ދާއިރާ އަކަށް ވަނީ މެމްބަރުން ހޮވާފައެވެ. ވޯޓް ލުމުގެ ހައްގު ލިބުނު މީހުންގެ އަދަދު 264442 އެރި ނަމަވެސް ވޯޓް ލި މީހުންގެ އަދަދަކީ 212079 އެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަކީ އެންެމެ ގިނަ މީހުން ވޯޓް ލިފަހަރުކަމަށެވެ.

އިލެކްޝަނުން ނަތީޖާ އިއުލާން ކުރާއިރު ކުރާނީ ވަކިވަކި ފޮށިތަކުން ލިބުނު ނަތީޖާގެ ބަދަލުގައި އެދާއިރާއަކުން ކެނޑިޑޭޓަށް ލިބުނު ޖުމްލަ ވޯޓްގެ ނަތީޖާކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް