ކްރިމިނަލް ކޯޓް:
ހަބަރު
20 Oct 2024 | 13:29
ތިން އެކްސެލް ދަޅު ވަގަށް ނެގި މީހެއްގެ ބަންދަށް 15 ދުވަސް

އެކްސްއެލް ދަޅުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނީ އުމުރުން 37 އަހަރުގެ މުހައްމަދު ރަޝީދު ކިޔާ މީހެކެވެ. މީނާއަކީ ކުށުގެ ރިކޯޑު އޮތް ފަރާތެއްކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވެ އެވެ. އެގޮތުން އެކި މައްސަލަތަކުގައި 53 ފަހަރު އޭނާ ހައްޔަރުކޮށްފައިވާކަން ބަންދު އަމުރުގައިވެއެވެ: 

މިފަހަރު މުހައްމަދު ރަޝީދު ހައްޔަރުކޮށްފައިވަނީ ވިލާމާޓް ފިހާރައިން ވައްކަން ކޮށްގެން ކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުން އެތަނަށް ގޮސް މުހައްމަދު ރަޝީދާ ސުވާލު ކުރުމުން 3 އެކްސްއެލް ދަޅު ނެގިކަމަށް އޭނާ ވަނީ އެއްބަސްވެފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.

އަދި އެ ފިހާރައިގެ ވެރި ފަރާތުންވެސް އޭނާ ހުއްޓުވާފައިވަނީ ފިހާރައިން 3 އެކްސްއެލް ދަޅު ނަގައިގެން ދާން އުޅުމުންކަމަށް އަމުރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އޭނާ ވައްކަން ކުރިކަން ފާހަގަވެފައިވަނީ ސީސީޓީވީއިން ފެނުމުންކަމަށާ، އެ ފިހާރައިގެ ސެކިއުރިޓީ ގާޑުންނާ ސުވާލު ކުރުމުން، މުހައްމަދު ރަޝީދު ހިފަހައްޓާފައިވަނީ ފިހާރައިން ވައްކަން ކޮށްގެން ދާން އުޅެނިކޮށް ފަރީދީމަގު ރެޑްސްޓާ ދޮރުމަތިންކަމަށް ސެކިޔުރިޓީ ގާޑުން މައުލޫމާތު ދިން ކަމަށް ބުނެފައިވެއެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ކުށްކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި ކުށުގެ ރިކޯޑު ހިމެނޭކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ