ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް
ހަބަރު
20 Oct 2024 | 17:09
އޮޅުވާލައިގެން ކޮށްފައިހުރި ކަންކަމަށް އެމްޑީޕީން ޖަވާބުދާރީ ވާންޖެހޭނެ: ނައިބުރައީސް

އެމްޑީޕީސަރުކާރުގެ ދުވަސްވަރު އޮޅުވާލައިގެން ކޮށްފައިހުރި ކަންތައްތަކަށް ޖަވާބުދާރީ ވާންޖެހޭނޭކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ގަވައިދާ ހިލާފަށް އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިހުރި ހަރަދުތަކެއް ސަރުކާރުން ފެންމަތިކުރުމާއި ގުޅިގެން އެމްޑީޕީ އާއި ސަރުކާރާ ދެމެދު ވަނީ ކޮޅުމެއް ފެށިފައެވެ. މި ކޯޅުންތައް ފެށުނީ އިއްޔެ ފިނޭންސް މިނިސްޓަރާއި އެޓާނީ ޖެނެރަލް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ބަޖެޓް ކުރުމެއްނެތި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރިކަަމަށް ހާމަކުރުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އެކްސްގައި ވިދާޅުވީ, މިއަދު ފެނިގެންދަނީ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރަށް ލިބުނު ސުޕަރ މެޖޯރިޓީ ބޭނުންކޮށް، ނަހަމަ ގޮތުގައި ކުރަމުންދިޔަ ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާކަމަށެވެ. ނައިބުރައީސް ވިދާޅުވީ، ދިވެހި ދަޢުލަތަށް ކޮވިޑުގެ ދުވަސްވަރު ލިބުނު އެހީތަކުގެ ތަފްސީލު ވެސް ފޮރުވާފައިވަނީ މިބީދައިން ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީން ޤާނޫނު އަސާސީއާއި ޚިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީ ވާން ޖެހޭނޭކަމަށްވެސް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ސަރުކާރުން ބަޖެޓްކޮށްފައި ނުވާ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރިކަމަށް ސަރުކާރުން ބުނުމާއި ގުޅިގެން އެމްޑީޕީ ވެރިކަމުގައި ހުންނެވި މާލީ ވަޒީރު މިއަދު ވިދާޅުވީ، ސަރުކާރުން ކުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

މިގޮތުން އެމްޑީޕީން މާލީ ހިސާބުތައް ބަލަހައްޓަމުން އައިސްފައިވަނީ، ފިނޭންދުން މީގެ ކުރިންވެސް މާލީ ހިސާބުތައް ބަލަހައްޓަމުން އައި އުސޫލުން ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައިވެސް އޭގެ ކުރީގެ ސަރުކާރުން ހަރަދުކޮށް އަދަދުތަކެއް އެބީދައިން ހުރި ކަމަށެވެ. ކޭޝް ފްލޯގެ ތަފާތުވެ ޖެހިގެން އަންނަ އަހަރުގެ ހިސާބުތަކުގައި ޖެހުމަކީ ކުރިންވެސް ކަންކުރަމުން އައި ގޮތްކަމަށާއި، މާލީ ކަންކަމުގައި އަދުގެ ސަރުކާރަށް އެނގެންޖެހޭ އަސާސީ ކަންކަންވެސް ނޭނގޭކަމަށް އަމީރު ވަނީ ތުހުމަތު ކުރައްވާފައެވެ. 

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ހަރަދުތައް ރެކޯޑް ކުރުމުގައި މިދިޔަ ސަރުކާރުން ވަރަށްބޮޑަށް އިހުމާލުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން ހަރަދުކުރި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ، ހަމަޖެހިފައިވާ އުސޫލުން ކުރެވުނު މުއާމަލާތްތަކުގައި ނުހިމަނައި ހުރިކަން މިނިސްޓަރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ އެކަން ހިނގާފައިވާގޮތް ބެލުމަށް އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅުއްވާފައިވާކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހާރު މި މައްސަލަ ބައްލަވަމުން ގެންދަވާކަން ޒަމީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.