އެންޑީއޭ ބޯޑުގެ ބޭފުޅުން
ހަބަރު
20 Oct 2024 | 18:33
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި ނަފްސާނީ ބަލިމީހުން ގިނަ: އެންޑީއޭ

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި ނަފްސާނީ ބަލިމީހުން ގިނަކަމަށް، ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

އެންޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުން މިއަދު ވަނީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާދިނުމަށް ކުރަމުންގެންދާ ކަންކަމުގެ މައުލޫމާތާއި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަން، އަދި ދާހިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މެދުގައި ނަފްސާނީ ބަލިމީހުން ހިމެނޭ އަދަދު ގިނަ ކަމަށެވެ. ލުބްނާ ވިދާޅުވީ އެކަމަށް ފަރުވާދޭން ބަލާއިރު، އެ ސެންޓަރުގައި ސައިކޭޓްރިސްޓެއް ނުހުންނަތާ ވަރަށް ގިނަ ދުވަސްވެފައިވާކަމަށެވެ. އެގޮތުން އެންޑީއޭގެ އައުބޯޑު ހަވާލުވިފަހުން މިދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި އެތަން ހިންގަމުން އައިސްފައިވަނީ ސައިކޭޓްރިސްޓެއް ނެތިކަން ލުބްނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު އެތަނުގައި ސައިކޭޓްރިސްޓެއް ގެނެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ނަފްސާނީބަލީގެ ފަރުވާ ބޭނުންވާ މީހުންނަށް އެ ފަރުވާދެމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ގިނައިން މަސްތުވާތަކެތި ނަގާ ގިނަ މީހުންގެ ފަރާތުން އަޅުގަނޑުމެނަށް ފެނިގެންމިދަނީ ނަފްސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅެންޖެހޭކަން. ވަރަށްބޮޑަށް ނަފްސާނީ މައްސަލަތައް ހުންނަކަން ހާއްސަ ގޮތެއްގައި ސައިކޯސިސް ފަދަ ހަމަ ބޮޑެތި މައްސަލަތައް ހުންނަކަން ވަނީ ފާހަގަކުރެވިފަ

ލުބްނާ ވިދާޅުވިއެވެ

ލުބްނާ ވިދާޅުވީ މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ނަފްސާނީ ބައްޔަށް ފަރުވާކުރަންްްްްްްޖެހުމަކީ އެކަމުގެ ސަބަބުން ދައުލަތުންވެސް ބޮޑު ހަރަދެއް ކުރަންޖެހޭނޭ ކަމެއް ކަމަށެވެ.

އެންޑީއޭ ބޯޑުގެ ޗެއާމަން ލުބްނާ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލުބްނާ ވިދާޅުވީ، ކުށުގެ ވެށިން ހައްޔަރުކުރާ މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއް ގާއިމްކޮށްފައިވާކަމަށެވެ. އެ ސެންޓަރު މެދުވެރިކޮށް މިހާރު އެފަދަ މީހުންނަށް ފަރުވާދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އެ ސެންޓަރުތައް ގާއިމްކޮށްފައިވަނީ، ކ.ހިންމަފުށި އަދި ހުޅުމާލޭގައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103ވަނަ މާއްދާގެ ދަށުން މަގުމަތީގައި އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުން ހަރަކާތްތެރިވެ އުޅޭ މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ ތެރެއިން މަސްތުވާ ތަކެތި ބޭނުންކުރާމީހުން އެ ސެންޓަރުތަކަށް ގެންދާނޭކަމަށެވެ. އަދި އެމީހުންގެ ފަރުވާގެ ކަންކަންވެސް ކުރިއަށްދާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެޝަނަލް ޑުރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ މަސްތުވާ ތަކެތި ބޭނުންކުރުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ މައްސަލަތަކަކީ، މިއަދު ފަރުވާދިނުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. މިއީ އެންޑީއޭއިން ތައްޔާރުވެފައި އޮތްކަމެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މަސްތުވުމުގެ ވަބާއިން ސަލާމަތްވުމަށް 1500 މީހުން ފަރުވާހޯދަމުންދާކަމަށެވެ. މީގެ ތެރޭގައި ސެންޓަރުތަކާއި މުޖުތަމައުގެ ތެރޭގައި ތިބެގެން ފަރުވާ ހޯދަމުންދާ މީހުން ތިބިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެންޑީއޭގެ އެކްޓިން ސީއީއޯ

އެންޑީއޭގެ ފަރުވާގެ ކަންކަން ދުވަސްތަކަކަށް މަޑުޖެހިފައި އޮތްނަމަވެސް މިހާރު ފަރުވާގެ ކަންކަން އެދެވޭގޮތެއްގައި ކުރިއަށްގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންގެންދާކަން އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކޮށްލެވެއެވެ. މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ އަދަދު އިތުރުވަމުންދާއިރު، މިއީ މުޖުތަމައުގެ ދުޅަހެޔޮކަމަށް އޮތް  ގޮންޖެހުމެއްކަމަށް ކަމާއި ބެހޭ މުއައްސަސާތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.