ރައީސުލްޖުމްހޫރިއްޔާ
ހަބަރު
20 Oct 2024 | 20:11
އިންޑިއާގެ ޔޫޕީއައި ތައާރަފްކުރުމަށް ރައީސް ނިންމަވައިފި

އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫ.ޕީ.އައި) ރާއްޖެއަށް ތަޢާރުފުކުރުމަށް ރައީސަް ނިންމަވައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، ރާއްޖެއަށް ޔޫޕީއައި ތައާރަފްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ.

މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ރައީސް އޮފީހުން ބުނީ ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫ.ޕީ.އައި) ތަޢާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.

 ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.މީގެ އިތުރުން ޔޫ.ޕީ.އައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ލީޑް ކުރާގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރުޕޭ ކާޑް ރާއްޖޭގައި ބޭނުންކުރެވޭގޮތް އިފްތިތާހުކޮށްފައެވެ. އެއާއެކު ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލް އަދި އޭޓީއެމްތަކުގައި ރުޕޭކާޑް ބޭނުންކުރެވޭނޭކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ އަންހެނަކާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް
އެ ދެ މީހުން ކައިރީ ޓްރެފިކް ޕޮލިސް އޮފިސަރަކު ހުރިނަމަވެސް އެމީހުންގެ އަމަލުތައް ހުރީ އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުވާ ފަދަ ގޮތަކަށެވެ
27 Jun 2026
އެންމެން ހައިރާންކޮށްލުމަށްފަހު، ކޭޕް ވާޑް، ވަރލްޑްކަޕްގެ ނޮކްއަުޓްބުރަށް
ކޭޕް ވާޑްގެ މި ކާމިޔާބީއާ ގުޅިގެން ފުޓްބޯޅަ ލެޖެންޑް އަދި ސްކައި ސްޕޯޓްސްގެ އެނަލިސްޓް ގެރީ ނެވިލް ބުނީ، ކޭޕް ވާޑުން ސާބިތުކޮށްދިނީ ފުޓްބޯޅައަކީ ލަފާކުރަން ދަތި ކުޅިވަރެއްކަމަށެވެ
27 Jun 2026
ޑެމްބެލޭގެ ހެޓްރިކާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސް އަނެއްބުރަށް
މިމެޗްގައި ޑެމްބެލޭ ވަނީ ވަރލްޑްކަޕްގައި މިހާތަނަށް އެންމެ އަވަހަށް ހެދި ހެޓްރިކްގެ ރެކޯޑް ގާއިމްކޮށްފައެވެ
27 Jun 2026
ހަންޏާމީދޫގައި ހިތާމަވެރި ހާދިސާއެއް؛ ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ
މި ހާދިސާގައި ނިޔާވީ އުމުރުން 13 އަަހަރުގެ ކުއްޖެކެވެ. އެއީ އެރަށު ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް