އަސްވާޑް އަދި ޔާމީން ރަޝީދަށް ރައްޔިތުން ބުނީ ނޫނެކޭ!

08 Apr 2019 | 14:17

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އެމްޓީޑީއިންވެސް މަޖިލީހުގެ ދާއިރާތަކަށް ކުރިމަތިލިއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާދައްކާގޮތުން އެމްޓީޑީގެ ފަރާތުން ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް ކާމިޔާބުވެފައި ނުވެއެވެ.

ގިނަ ބަޔަކު އުއްމީދު ކުރި ގޮތުގައި އެމްޓީީޑީން މަޑުއްވަރީ ދާއިރާއަށް ވާދަކުރި ޔާމީން ރަޝީދު އެދާއިރާގެ ގޮނޑި ކާމިޔާބު ކުރާނެއެވެ. ނަމަވެސް އެދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ޕީއެންސީގެ ފަރާތުން ވާދަކުރި އާދަމް ޝަރީފުއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އާދަމް ޝަރީފަށް ލިބިފައިވަނީ 863 ޔާމީން ރަޝީދަށް ލިބިފައިވަނީ އެންމެ 117 ވޯޓެވެ.

އަދި އެމްޓީޑީގެ ފަރާތުން ވާދަކުރި އިބްރާހިމް ވަހީދު (އަސްވާޑް) އަށްވެސް ގޮނޑިކާމިޔާބު ކުރެވިދާނެ ކަމަށް ބެލެވިގެން ދިޔައެވެ. އޭނާ ވަނީ ގޮނޑި ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް ކެމްޕެއިން ކޮށްފައެވެ. އޭނާ ވާދަކޮށްފައިވަނީ ތުލުސްދޫދާއިރާ އަށެވެ.

ތުލުސްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީރުއެވެ. އޭނާ ގޮނޑި ކާމިޔާބުކޮށްފައިވަނީ 840 ވޯޓުންނެވެ.

ހަ ކެނޑިޑޭޓުން ވާދަކުރި އެދާއިރާއިން އަސްވާޑަށް ލިބިފައިވަނީ 98 ވޯޓެވެ. އެދާއިރާއަށް ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ފަރާތުން ވާދަކުރި އަހުމަދު ސިއްދީގަށް ލިބިފައިވަނީ232 ވޯޓެވެ. އެ ދާއިރާއަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައިން ވޯޓްލިބިވަޑައިގެންފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރި އަބްދުލް ރައޫފުއަށެވެ. އޭނާއަށް ލިބިފަަަަައިވަނީ 342 ވޯޓެވެ.

މިއީ ވަގުތީ ނަތީޖާއަށް ވި ނަމަވެސް މި ނަތީޖާއަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ.

Advertisement

ކޮމެންޓް