މަޖީދިއްޔާ ސްކޫލް: ފޮޓޯ/ މޯލްޑިވްސް އިންޑެޕެންޑެންޓް
ހަބަރު
21 Oct 2024 | 13:46
މަޖީދިއްޔާ ސުކޫލު ކްލާސްރޫމް ތަކުގައި އޭސީ ހަރުކުރަން ބެލެނިވެރިން އަތުން ފައިސާނެގި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

މަޖީދިއްޔާ ސުކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް، އެ ސުކޫލުގެ ބެލެނިވެރިން އަތުން ފައިސާ ނެގިކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ތަޢުލީމީ ވުޒާރާއިން ދޮގު ކޮށްފިއެވެ. 

ސަރުކާރުން ފަށާފައިވާ ”ކޫލް ސްކޫލް“ ޕްރޮޖެކްޓްގެ ދަށުން މަޖީދިއްޔާ ސްކޫލުގެ ކްލާސްރޫމުތަކުގައި އޭސީ ހަރުކުރުމަށް ކޮންމެ ބެލެނިވެރިއެއްގެ އަތުން -/297 ރުފިޔާ ނަގަމުންދާ ކަމަށްބުނެ މީހަކު ވަނީ މީސްމީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. 

އެގޮތުން އެމީހާ ފޭސްބުކުގައި ކުރި ޕޯސްޓުގައިވާ ގޮތުން، އެ ފައިސާ ދައްކަން އަންގާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ފައިސާ ދައްކަންޖެހޭ އެންމެ ފަހު މުއްދަތަކީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހެވެ. 

އެ މުއްދަތުގެ ތެރޭގައި ފައުސާ ނުދައްކާ ކުދިންގެ ނަން، ސްކޫލް ނޯޓުސް ބޯޑުގައި އާއްމުކުރާނެ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ވެއެވެ.

އަދި ބެލެނިވެރިން އަތުން ފައިސާ ނަގަން ނިންމާފައިވާކަން އަންގައި، ސުކޫލުން ވައިބާ ގުރޫޕަށް ފޮނުވި ކަމަށް ބުނާ މެސުޖުގެ ފޮޓޯ އަކާއި ލާރި ފޮނުވި ކަން ހާމަވާ ސްލިޕެއްވެސް އެ ޕޯސްޓުގައި ހިއްސާކޮށްފައިވެއެވެ. 

މި މައްސަލާގައި ގިނަ ބައެއްގެ ނުރުހުން ސަރުކާރަށާއި މިނިސްޓްރީއަށް އަންނަނީ އަމާޒު ވަމުންނެވެ. 

މިކަމާއި ގުޅިގެން ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އެފަދަ އެންގުމެއް ސުކޫލުން އަންގާފައި ނުވާ ކަމަށް އެ ސުކޫލުން މިނިސްޓްރީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. 

”ތިއީ ތެދު މައުލޫމާތެއް ނޫން. އެފަދަ ކަމެއް ނުހިނގާ ކަމަށް ސްކޫލުން މިނިސްޓްރީއަށް މައުލޫމާތު ދިން“ އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ. 

ސަރުކާރުން ފަށާަފައިވާ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމަށް މިނިސްޓްރީއިން މިވަނީ އަމާޒުހިފާފައެވެ.

ކޮމެންޓް
ނިނާ
ފައިސާ އެބަނަގާ ކްލާސްރެޕްގެ އެކައުންޓަށް ފޮނުވީވެސް ކޮންމެ ކުލާހްކުން 8000ރ އޭސީއަށް ބުނީ އަދި އެޕޭރެންޓަކަށް ދެވޭވަރަކަށް ދޭށޭބުނީ ގިނަމީހުން500ރ ދިން މިހާރު ކުލާހަށް ބޭނުންވާވަރު ހަމަވެއްޖެ ކަމަށްވެސް އެންގި
21 Oct 2024
ޙަބީބަ
ތިހަމަ ވަރައްތެދު ހަބަރެއް މަމި ތިތާގެ ބެލެނި ވެރިޔެއް ހަމަ ރުފިޔާދޭޏް ޖެހުން ކޮން ދޮގެއް ހަދާކައް ތިޔަ ތާގަ އުލޭ މީހުން ނައް އިނގޭނެ ބާ ޓެދެއް ހަދަން
21 Oct 2024
ނޭނގެ
ރަނގަޅަށް ފޮޓޯ ބައްލަވާ ލައްވަބަ، މެސެގް ފޮނުވާފަ ވަނީ 12/10/2024 ގައި، ސްކރީން ޝޮޓް ނެގިއިރު އެވަރު ބަލާ ނުލެވި އެެއޮތީ .....
21 Oct 2024
އެދުރުބެ
އެޑިއުކޭޝަން ހިންގަން ހުންނަނީ އަޅެ ފަހެ ގަމާރެއްތަ؟ މައްސަލައެއް ޖެހުނީމަ ތަހުގީގު ނުކޮށް، ބުންޏޯ ބުންޏޯއަކަށް މައްސަލަ ނިންމާލަދެނީ. މީ އަޅެ ފަހެ ކުޑަކުދިންތަކެއްތަ؟
21 Oct 2024
އެދުރުބެ
މަށަކީ އެތާނގެ ބެލެނިވެރިއެއް. އޭސީ ލާ ވާހަކައަކީ ތެދެއް. 24ހާސް ބީޓީޔޫގެ 2 އޭސީ ކޮންމެ ކުލާހަކަށް، އަދި ކުލާހަކުން 20ހާސް ޚަރަދުކުރަންޖެހޭ ވާހަކަ އޮތް ލިޔުމުގަ. ނޯޓިސް ބޯޑަށް ނަން ނެރޭނެ ވާހަކައެއް ނެތް.
21 Oct 2024
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ