މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަމެއް ނެތް- ނަޝީދު

08 Apr 2019 | 00:53

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތް ނަމަވެސް، މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު ޝައުގުވެރި ކަމެއް ނެތްކަމަށެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް އަންނަން އެމްޑީޕީގެ ފަރާތުން މަޖިލީހަށް މާ ގާބިލު ބޭފުޅުން ހޮވިފައިވާކަމަށެވެ. އެގޮތުން އެތައް ދުވަހެއް ވަންދެން މަޖިލީހުގައި ދައުރުފުރި ހަމަކުރައްވާފައި ތިއްބެވި ބޭފުޅުން އެބަތިއްބެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. 

މަޖިލީހުގެ ރައީސް ކަމަށް އަންނަން އައްޑޫ ހިތަދޫ ދާއިރާގެ ގޮނޑީގައި މިހާރު އިންނެވި އަސްލަމްއަށް އެބޭފުޅުން ތާއީދުކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ އެބޭފުޅާ ބޭނުންވަނީ މަޖިލީހުގެ ރައީސް ކަމަށާއި ނައިބްރައީސް ކަމަށްވެސް އެމްޑީޕީގެ މެންބަރުން ތިބުމަށް ކަމަށެވެ

ނަޝީދުވިދާޅުވީ މަޖިލީހުގެ ހަޔާތުގައި އެފަދަ ނަތީޖާއެއް ގެނިގެން ނުދާކަަމަށާއި ޚާއްސަކޮށް 2008 ވަނަ އަހަަރުން ފެށިގެން މަލްޓި ޕާޓީ ސިސްޓަމަކަށް ބަދަލުވެގެން އައި ފަހުންވެސް އެފަދަ ނަތީޖާއެއް ފެނިގެން ނުދާކމަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނިމިގެން ދިޔަ އިންތިޚާބަށް ނިކުތީ ފާއިތުވެ ދިޔަ އިންތިޚާބު ތަކުގެ ނަތީޖާތަކަށް ބަލައިގެން ކަމަށް އެމްޑީޕީން އިންތިޚާބުތަކުގައި ވާދަކުރާތާ ދުވަސްތަކެއް ވެއްޖެކަމަށާއި، އެމްޑީޕީގައި ރޭވުންތަކަކާއި ކެޕެސިޓީވެސް އެބަހުރި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅުގައި މެމްބަރުން މަދު ނަމަވެސް، ސުލްހަވެރިކަމާ ނަޒާހަތްތެރިކަމާއެކުގައި މަސައްކަތް ކުރެވޭނެ ކަމަށާއި، އެ ފުރުސަތު އިހުތިރާމާއެކު ދޭނެ ކަމަށެވެ.

Advertisement

ކޮމެންޓް