ހޯމް މިނިސްޓަރު، އަލީ އިހްސާން
ހަބަރު
22 Oct 2024 | 15:32
ބިދޭސީންނާ ގުޅޭ ފީތަކުން ދައުލަތަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދިއްޖެ: އިހުސާން

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ އެކި ކަންކަމުން ދައުލަތުގެ ބައިތުލްމާލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ބިދޭސީންނާ ގުޅޭ އެކިއެކި ފީތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މިހާތަނަށް ކުރިއަށްގެންދިޔަ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ހާސިލްވެފައިވާކަމަށެވެ. މިގޮތުން އަހަރުގެ މިހާތަނަށް ބިދޭސީންގެ ފީތަކުން ނުލިބިފާ ފައިސާގެ ތެރެއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައި ދައުލަތުގެ ބައިތުލްމާލަށް ޖަމާކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބިދޭސީންގެ ވަރކްޕާމިޓް ފީ އާއި ވިސާފީގެ އިތުރުން ކޯޓާ ފީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބެންޖެހޭކަމަށް ޖޫންމަހުގެ ތިންވަނަ ދުވަހު މިނިސްޓަރު އިހްސާން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ މިއަދުގެ މިހާތަނަށް އާއިރު، ބިދޭސީންނާ ގުޅޭ ފީތަކުން ދައުލަތަށް މިހާތަނަށް ނުލިބިވަނީ 703.7 މިލިއަން ރުފިޔާ ކަމަށެވެ.

ފައިސާ ނުދައްކާ ފަރާތްތައްވާނީ އެކްސްޕެޓްސިސްޓަމުން ބްލޮކްކޮށް އެމީހުންނަށް ހިދުމަތްތަް ދިނުންވެސް ހުއްޓާލާފައި. ފައިސާ ދެއްކީމައި އަނެއްކާވެސް އެމީހުނަނަށް ހިދުމަތް ދެވޭގޮތް ހަމަޖެހިގެންދާނެ

މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބިދޭސީންގެ ކަންކަން ހަމަމަގަށް އެޅުވުމަށް މިހާރު ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 6891 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާތައް ނަގއި ރައްކާކޮށްފައިވާކަމަށެވެ.

މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 82 ރަށެއްގައި އުލޭ ބިދޭސީންގެ މައުލޫމާތު ނަގާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރު ކުރިއަށްދާގޮތަށް އޮޕަރޭޝަން ދާނަމަ، އަންނަ އަހަރުގެ ޖެނުއަރީމަސް ނިމެންވާއިރަށް ބިދޭސީންގެ މައުލޫމާތުތައް ނަގައި ނިންމާލެވޭނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Aug 2026
މަރުހޫމް ސާންތީ ކޯޗުގެ ހިދުމަތްތަކަށް ޤައުމީ އިނާމް
ސާންތީ ކޯޗް ނިޔާވީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައި. އާއިލާގެ ފަރާތުން ޤައުމީ އިނާމާ ހަވާލުވީ ކޯޗްގެ ކޮއްކޮ އަހުސަން އަބްދުލްގަނީ
15 Aug 2026
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ދިވެހި ދައުލަތުން ޢިއްޒަތެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އަލްއުސްތާޛު އަޙްމަދު ޝާކިރު ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކާއި، މިއަދުގެ މި ޤައުމީ މުނާސަބަތާ ވަރަށް ބޮޑަށް ގުޅި ލާމެހިގެންދާ ކަމެކެވެ
15 Aug 2026
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް، ފަރެސް އާމިރަށް
ޢާމިރު އަޙްމަދު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ.
15 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި
ފަސް އަހަރެއްގެ މެދުކެނޑުމަކަށް ފަހު މި ބައްދަލުވުން އަލުން ބާއްވަން ފެށީ 2024 ވަނަ އަހަރުއެވެ
15 Aug 2026
އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރަނީ
ރައީސް ވިދާޅުވީ އިސްލާމް ދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާ ނިޒާމީ ގޮތުން ކަށަވަރު ކުރަން ބޭނުންވާކަމަށެވެ
15 Aug 2026
ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވައިފި
ކަށިމާ އަޙްމަދު ޝާކިރަކީ ދިވެހި ބަހާއި، އަދަބިއްޔާތު، އަދި ތާރީޚުގެ ރޮނގުން 60 އަހަރަށްވުރެ ގިނަ ދުވަހު ޤައުމީ ޚިދުމަތް ކުރައްވާފައިވާ، ދައުލަތުގެ އެންމެ މަތީ ޢިއްޒަތް އަރުވާފައިވާ ބޭފުޅެކެވެ.
15 Aug 2026
ދިވެހިޤައުމު، ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ދުވަހު އަޅުގަނޑުމެން ކުރާ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުންކަމަށެވެ
15 Aug 2026
އުތީމުގައި ބިނާކުރި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި، ރައީސް ހުޅުއްވައިދެއްވައިފި
މި ދޮރާށްޓަކީ ބޮޑުތަކުރުފާނާ ގުޅުން ހުރި ތާރީޚީ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމުގެ ގޮތުން ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރި ބިނާއެކެވެ