ހޯމް މިނިސްޓަރު އިހްސާން
ހަބަރު
22 Oct 2024 | 20:26
މަސައްކަތްކުރަނީ ވީ އެންމެ އަވަހަކަށް މަރުގެ ހުކުމް ތަންފީޒުކުރަން: އިހުސާން

މަރުގެ ހުކުމް ތަންފީޒުކުރުމަށް ތައްޔާރުވަމުންދާކަމަށާއި، މަސައްކަތްކުރަނީ ވީ އެންމެއަވަހަކަށް މަރުގެ ހުކުމް ތަންފީޒުކުރަންކަމަށް ދާހިލީ ވަޒީރު، އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން މިނިސްޓަރު އިހްސާން ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ ޤައުމެއްކަމުން، ބައިނަލްއަޤްވާމީ ކަމާބެހޭ ފަރާތްތަކަށް އެކަމުގައި ސަރުކާރުގެ ސިޔާސަތު ހާމަކޮށްފައިވާނޭކަމަށެވެ. މިކަމަކީ ވަރަށްގިނަ ކަންކަން ފުރިހަމަވިކަން ކަށަވަރުކުރަންޖެހޭ ކަމަކަށްވާއިރު، މަރުގެ އަދަބު ތަންފީޒުކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކެއް ހުންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިގޮތުން މިކަމުގައި ބައިނަލްއަޤްވާމީ ހުރިހާތަނެއްގައިވެސް މިންގަނޑުތަކެއް ހުންނަކަމަށާއި، އެމީހާއަށް އެދެވޭ އަދަބަކީ އަލުން އިޔާދަނުކުރެވޭ އަދަބަކަށްވާއިރު، އެ ހުރިހާ މިންގަނޑަކުން ބަލަންޖެހޭ ކަންކަމާއި އުސޫލްތަކެއް ހުންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސުވާލު ނުއުފެދޭވަރަށް ދެ މީހެއްގެ މައްސަލަ އެބައުޅޭ. އެހެންނަމަވެސް އަނެއްބައިމީހުންގެ ކޮންމެވެސް ވަރަކަށް ޤާނޫނީގޮތުން މައްސަލަތަކެއް އެބަހުރި. ދެން އޮތީ ތަންފީޒީ މަރުހަލާ. އެކަމަށް އަޅުގަނޑުމެން ތައްޔާރުވާންޖެހޭ އުސޫލްތަކަކާ ޤަވާއިދުތަކެއް ހުރޭ. އަދި ތަންވެސް ތައްޔާރުކޮށް މީހުންވެސް ތައްޔާރުކުރަންޖެހޭ

ހޯމް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަރުގެ ހުކުމް ތރަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ނިމުނުހާ އަވަހަކަށް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުވެގެން ދިއުންކަމަށެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު ތިބިއިރު، މަރުގެ ހުކުމް ތަންފީޒުކުރާ މަރުހަލާގައި ދެ މީހަކު އެބަތިއްބެވެ.

އޭގެ ތެރެއިން އެކަކީ މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު މަރާލިކަަމަށް ކޯޓުތަކުގެ ހުކުމުން ސާބިތުވެފައިވާ މ. މަސްރޫރާ އަހްމަދު މުއްރަތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Aug 2026
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ދިވެހި ދައުލަތުން ޢިއްޒަތެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އަލްއުސްތާޛު އަޙްމަދު ޝާކިރު ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކާއި، މިއަދުގެ މި ޤައުމީ މުނާސަބަތާ ވަރަށް ބޮޑަށް ގުޅި ލާމެހިގެންދާ ކަމެކެވެ
15 Aug 2026
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް، ފަރެސް އާމިރަށް
ޢާމިރު އަޙްމަދު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ.
15 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި
ފަސް އަހަރެއްގެ މެދުކެނޑުމަކަށް ފަހު މި ބައްދަލުވުން އަލުން ބާއްވަން ފެށީ 2024 ވަނަ އަހަރުއެވެ
15 Aug 2026
އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރަނީ
ރައީސް ވިދާޅުވީ އިސްލާމް ދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާ ނިޒާމީ ގޮތުން ކަށަވަރު ކުރަން ބޭނުންވާކަމަށެވެ
15 Aug 2026
ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވައިފި
ކަށިމާ އަޙްމަދު ޝާކިރަކީ ދިވެހި ބަހާއި، އަދަބިއްޔާތު، އަދި ތާރީޚުގެ ރޮނގުން 60 އަހަރަށްވުރެ ގިނަ ދުވަހު ޤައުމީ ޚިދުމަތް ކުރައްވާފައިވާ، ދައުލަތުގެ އެންމެ މަތީ ޢިއްޒަތް އަރުވާފައިވާ ބޭފުޅެކެވެ.
15 Aug 2026
ދިވެހިޤައުމު، ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ދުވަހު އަޅުގަނޑުމެން ކުރާ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުންކަމަށެވެ
15 Aug 2026
އުތީމުގައި ބިނާކުރި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި، ރައީސް ހުޅުއްވައިދެއްވައިފި
މި ދޮރާށްޓަކީ ބޮޑުތަކުރުފާނާ ގުޅުން ހުރި ތާރީޚީ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމުގެ ގޮތުން ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރި ބިނާއެކެވެ
15 Aug 2026
އިންޝުއަރެންސް ޤާނޫނާ ގުޅޭ ދެ ގަވާއިދެއްގެ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
ޚިޔާލު ހޯދުމަށް ހުށަހަޅާފައިވަނީ ރާއްޖޭގައި ހުރި ރިސްކުތަކާ ގުޅޭ އިންޝުއަރެންސް ގަވާއިދާއި އިންޝުއަރެންސްގެ ޢާންމު މާއްދާތަކާ ބެހޭ ގަވާއިދެވެ