ޕުޓިން
ދުނިޔެ
24 Oct 2024 | 07:07
އިންޓަރނޭޝަނަލް ޕޭމަންޓަށް ޑޮލަރުނޫން ގޮތެއް ހޯދަންވެއްޖެ:ޕުޓިން

ބައިނަލްއަޤްވާމީ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލަންޖެހޭކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ކަޒާންގައި މިހާރު ކުރިއަށްދާ ބްރިކްސް ސަމިޓްގައި ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ، އެމެރިކާއިން ޑޮލަރު ބޭނުންކުރަމުންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި، ޑޮލަރު ނޫންގޮތެއް ހޯދަންޖެހިފައިވާކަމަށެވެ.

ބައިނަލްއަޤްވާމީ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރަށް ބަރޯސާވުން ހުއްޓާލެވޭނޭކަން ފާހަގަކުރައްވަމުން ޕުޓިން ވިދާޅުވީ، މިކަމަކީ މިހާރުވެސް ކުރެވޭނޭ ކަމެއްކަން ޗައިނާ އާއި ރަޝިއާއިން ދައްކުވައިދީފައިވާކަމަށް ޕުޓިން ފާހަގަކުރެއްވިއެވެ.

ޗައިނާ އާއި ރަޝިއާ އާ ދެޤައުމުގެ ދެމެދު ކުރެވެމުންދާ ވިޔަފާރީގެ މުއާމަލާތްތަކުގެ %95 ފައިސާގެ މުއާމަލާތްތަކުގައި ބޭނުޔންކުރަނީ، ރުބެލް އަދި ޔުއާން.

އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލުމާ ގުޅޭގޮތުން ޕުޓިން ވިދާޅުވިއެވެ

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަކީ ހުޅަނގުން ގެންގުޅޭ މާލީ އަދި އެނޫންވެސް ސިޔާސަތްތަކާ ވަރަށް ދެކޮޅު ބޭފުޅެކެވެ. ރަޝިއާއިން ޔުކްރެއިނަށް ހަމަލާތައް ދޭން ފެށުމާއެކު، ހުޅަނގުގެ ޤައުމުތަކުން ވަނީ، ސްވިފްޓް ޕޭމަންޓް ނެޓްވޯކުން ރަޝިއާ ބޭރުކޮށްލާފައެވެ. ސްވިފްޓް ނެޓްވަރކަކީ ދޭދޭ ޤައުމުތަކުން ފައިސާ ފޮނުވުމުގައި ބޭންކުތަކުން ބޭނުންކުރާ ނިޒާމެކެވެ.

ސްވިފްޓުން ރަޝިއާ ބްލޮކްކުރުމުން ޕުޓިން ވިދާޅުވެފައިވަނީ، އެއީ ރަޝިއާއަށް މާބޮޑު މައްސަލައަކަށް ނުވާނޭކަމަށެވެ.

ޑޮލަރު ނޫންގޮތެއް ހޯދަން ޖެހިފައިވާކަމަށް ޕުޓިން ވިދާޅުވިއިރު، ބްރިކްސް ޤައުމުތަކުގެ މެދުގައި މިފަހަރު ކުރިއަށްދާ ސަމިޓްގެ ތެރެއިން މިކަމަށް ގޮތެއް ހޯދުމަށް މަޝްވަރާކުރާނޭކަމަށް ހަބަރުތައް ބުނެއެވެ. ސަބަބަކީ ބްރިކްސްގެ ޤައުމުތައްކަމަށްވާ ޗައިނާ، އިންޑިއާ ބްރެޒިލްގެ އިތުރުން ދެކުނު އެފްރިކާއިން މީގެ ކުރިންވެސް ވަނީ ބްރިކްސް ޤައުމުތަކުން އިގްތިސާދީ ކަންކަމުގައި އެއް ވިސްނުމެއް ގެންނަން ޖެހޭކަމާ ގުޅޭގޮތުން ވާހަކަތައް ދައްކާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.