ރަޢީސް މުޢިއްޒު އާއި ވަޒީރު ޝިޔާމް
ހަބަރު
24 Oct 2024 | 10:06
ރައީސް ނިންމަވަނީ ފަސޭހަ ނިންމުންތަކެއް ނޫން؛ އެ ސާބިތު ކޮށްދެއްވަނީ މީ އެކަކު ދެމީހެއްގެ ޤައުމެއްނޫންކަން: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވަމުން ގެންދަވަނީ ފަސޭހަ ނިންމުންތަކެއް ނޫން ކަމަށާއި، އެ ނިންމުންތަކުން ސާބިތުކޮށްދެނީ މިއީ އެކަކު ދެމީހެއްގެ ޤައުމެއް ނޫންކަން މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޝިޔާމް މިހެން ވިދާޅުވެފައިވަނީ އޭނާގެ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ޝިޔާމް ފާހަގަކުރައްވާފައިވަނީ ރައީސް މުޢިއްޒު އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ އިޖްތިމާޢީ ފޭރާން ހެޔޮކޮށް، މާލީ ހާލަތު ރަނގަޅުކޮށް، ދިވެހިންނަށް ދިވެހިންގެ ރާއްޖެ އަނބުރާ ހޯއްދަވައިދެއްވުމުގެ ބުރަ އަދި އުނދަގޫ މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމަށެވެ.

"ދިވެހި މުޖުތަމަޢުގައި މޫލެފައިވާ ނުބައި އާދަތައް ހުރިކަން އެންމެން ޤަބޫލުކުރާ ޙަޤީޤަތެއް. އެހެންނަމަވެސް ނެތީ ތެދުވެރި ނިޔަތަކާއެކު އެކަންކަމަށް ކުރިމަތިލައްވައިގެން ހައްލުކުރައްވާނެ ވެރިން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒު ނިންމަވާ ނިންމެވުންތަކަކީ ސިޔާސީ ގޮތުން މަޤުބޫލު ނިންމެވުންތަކެއް ނޫން ކަމަށާއި، ބައެއް ނިންމެވުންތަކަކީ ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންގެވެސް ނުރުހުންތެރިކަން އަމާޒުވާ ނިންމެވުންތަކެއް ކަމަށެވެ. ނަމަވެސް، ރައީސް މުޢިއްޒު މިއަދު ސާބިތުކޮށްދެއްވަނީ އެމަނިކުފާނަކީ ދިވެހިންގެ ވެރިއެއްކަމާއި، އަންނަން އޮތް ޖީލުތަކަށް މި ޤައުމު ސަލާމަތްކޮށްދެއްވުމުގެ މުހިންމު ބުރަ މަސައްކަތްޕުޅެއް ކުރައްވަމުން ގެންދަވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބަލަންވީ މިކަންކަމުގައި އަޅުގަނޑުމެން ދިރިތިބި މީހުންނަށް އެމަނިކުފާނަށް ކޮށްދެވޭނީ ކޮންކަމެއްތޯ. މާދަމާ މި ފަސްގަނޑުގައި ދިރިއުޅެން ތިބޭނީ ހަމަ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިން،" ޝިޔާމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ ކުރުމަށާއި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށާއި މިނިވަން މުއައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމުގެ އިތުރުން، ރައީސް މުޢިއްޒުގެ މުސާރައިން 50 އިންސައްތަ އުނި ކުރައްވަން އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ