މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް: ފޮޓޯ/ މަޖިލިސް
ހަބަރު
24 Oct 2024 | 12:45
ޓެކްސް އެޕީލް ޓްރައިބިޔުނަލް އިމާރާތުގައި ކޯޓް ރޫމެއް ވެސް ނެތް؛ 7 އަހަރުން ބެލުނީ 2 މައްސަލަ: ޠާރިޤު

ބޮޑު ޚަރަދު ދީފައި އެޅި ޓެކްސް އެޕީލް ޓްރައިބިޔުނަލް އިމާރާތުގައި ކޯޓް ރޫމެއް ވެސް ނެތް ކަމަށާ، އެތަނަށް 7 އަހަރުން ބެލުނީ އެންމެ 2 މައްސަލަކަން ފާހަގަ ކުރައްވައި، އެފަދަ ތަނެއް ބެހެއްޓުމުގެ މަޤުޞަދާއިމެދު މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ސުވާލު އުފައްދަވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓެކްސް އެޕީލް ޓްރައިބިޔުނަލްގެ ހުސްވެފައިވާ މަގާމު ތަކަށް ކަނޑައަޅަން ކޮމިޓީން ފާސްކުރި މެންބަރުން އައްޔަނު ކުރުމާއިމެދު ބަހުސް ކުރައްވަމުން، ޓޮމް ވިދާޅުވީ، އެ ޓްރައިބިޔުނަލަށް އައްޔަނު ކުރުމަށް ހުށަހަޅާފައިވާ މެންބަރުންނާމެދު އޭނާގެ ނުރުހުމެއް ނެތް ކަމަށެވެ. 

އެހެން ނަމަވެސް، އެތަނަށް މެންބަރުން އައްޔަނު ކުރުމުގެ ވާހަކަ ދެކެވޭއިރު، އެ ޓްރައިބިޔުނަލާއި ގުޅޭ ގޮތުން ބައެއް ކަންކަން ފާހަގަކޮށްލަންޖެހޭ ކަމަށެވެ. އެގޮތުން ވިދާޅުވީ، ރާއްޖޭގައި އެފަދައިން އުފައްދަމާފައި ހުރި މުވައްސަސާތައް ވަރަށް ގިނަ ކަމަށެވެ. އެހެން ނަމަވެސް، އެ މުވައްސަސާ ތަކުން ކުރާ މަސައްކަތާއި ނެރެދޭ ނަތީޖާތައް މަދު ކަމަށެވެ. 

މީގެ ގާތްގަނޑަކަށް 4-5 އަހަރު ކުރިން ކޮމިޓީން ބެލިއިރުގައި، މުޅި އެ އެޕީލް ޓްރައިބިޔުނަލުން ނިންމާފައި އޮތީ 2 މައްސަލަ. އެއީ ގާތްގަނޑަކަށް 7 އަހަރުތެރޭގައި ދެ މައްސަލަ. ދެން، އެމްޑީޕީ ވެރިކަމުން އައިސް، މި ވެރިކަމުގެ ފުރަތަމަ އަހަރާ ދޭތެރޭ ބެލިއިރު، އެމްޑީޕީ ވެރިކަމުގައި ޓެކްސް އެޕީލް ޓްރައިބުޔުނަލްގެ އޮފީސް އިމާރާތް ހެދުމަށް 2 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައި، އަމިއްލަ ތަނެއްގައި. މިހާރު އެތަނުގެ ކުއްޔަކީ މަހަކު 3،75000 ރުފިޔާ. 

މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) 

މިއާއެކު ޓޮމް ވިދާޅުވީ ގާނޫނުގެ ތެރެއިން ޓެކްސް އެޕީލް ޓްރައިބުޔުނަލެއް ހަދާފައި، އިންނައިރު އެތަނަށް އެކަމާއި ގުޅޭ މައްސަލަ ހުށަނޭޅޭ ނަމަ، އަދި ހުށަހެޅޭ މައްސަލަ ނުބެލޭ ނަމަ، ގާނޫނުތައް ހަދަން ތިބޭ މަޖިލިސް މެންބަރުން އެކަމާމެދު ވިސްނާލަންޖެހޭ ކަމަށެވެ. 

އެފަދަ ތަނަކަށް 5 މެންބަރުން ނަގައިގެން، އަޅުގަނޑުމެން އެތަނުގައި ބޮޑު މުސާރައެއް ދީގެން ބަޔަކު ބައިތިއްބަންވީތޯ ނޫންތޯ މި މަޖިލީހުން ވިސްނާލަންޖެހޭ ކަމެއް. 

މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) 

އެހެންކަމުން، ޓެކްސް އާއި ގުޅުންހުރި އެފަދަ މައްސަލަތައް، ސިވިލް ކޯޓް ފަދަ ކޯޓެއް މެދުވެރިކޮށް ބެލެވޭނެ ގޮތަކަށް ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުގެ ބަންޑާރަ ނާއިބަށާއި މަޖިލީހަށް ޓޮމް ވަނީ ހުށަހަޅުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.