ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
24 Oct 2024 | 13:24
ސިޔާސީ މަޤާމުތަކަށް ކުރާ ހޭދައާއި ބެހޭގޮތުން ފަތުރަމުންދިޔަ ދޮގު ޚަބަރުތަކުގެ ހަގީގަތް މިއަދު ހާމަވެއްޖެ: ހީނާ

ސިޔާސީ މަޤާމުތަކަށް ކުރާ ހޭދައާއި ބެހޭގޮތުން ބައެއްް ފަރާތްތަކުން ފަތުރަމުންދިޔައީ ދޮގު ޚަބަރުތަކެއް ކަމަށާ އެކަން ކަމުގެ ހަގީގަތް މިއަދު ހާމަވެފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަދު ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައެވެ.

އެ ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ސަރުކާރުގައި އެކިއެކި މަގާމުތަކަށް އައްޔަންކޮށްފައި ތިބޭ ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ހޭދަކުރަނީ މުޅި ސަރުކާރުގެ މުސާރައާއި އިނާޔަތަށް ހޭދަކުރާ މިންވަރުގެ ހަތަރު އިންސައްތަ ކަން ފާހަގަކުރައްވާފައެވެ.

ސިޔާސީ ފަރާތްތަކުގެ މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތް ތަކަށް ހޭދަކުރާ މިންގަނޑުގެ %4 އަށްވުރެ ދަށް އަދަދެއް. އަދި މުޅި ދައުލަތުގެ ޚަރަދުގެ %1. 

މާލީ ވަޒީރު މޫސާ ޒަމީރު

މިކަމާއި ގުޅިގެން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ މަޤާމުތަކަށް ކުރާ ހޭދައާއި ބެހޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުންދިޔަ ދޮގު ޚަބަރުތަކުގެ ހަގީގަތް މާލީ ވަޒީރު މިއަދު ހާމަކޮށްދެއްވާފައިވާ ކަމަށެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރި ބަޖެޓުގައި ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ބަޖެޓުކޮށްފައިވަނީ 11.95 ބިލިއަން ރުފިޔާއެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓުގައި މުސާރައާއި އިނާޔަތަށް އިތުރު 24.4 މިލިއަން ރުފިޔާ ހިމަނާފައި ވާއިރު، އެކަމަށް ޖުމުލަ 11.98 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އެ އަދަދުގެ ހަތަރު އިންސައްތައަކީ 479.2 މިލިއަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.