އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.ޝަމްހީދު
ހަބަރު
24 Oct 2024 | 16:57
އެމްޑީޕީ މެމްބަރުން ވިދާޅުވީ، ސަޕްލިމަންޓަރީ ބަޖެޓުން ދަރަނި ބޮޑުވުން ނޫންކަމެއް ނުވާނޭކަމަށް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓުން އިތުރަށް ދަރަނި ބޮޑުވުން ނޫންކަމެއް ނުވާނޭކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެއްޖެއެވެ.

ސަޕްލިމަންޓަރީ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓަށް ބަލާއިރު ދައުލަތުގެ އާމްދަނީ މާބޮދަށް އިތުރުވާނޭކަމަށް ލަފާކޮށްފައި ނުވާކަމަށާއި، މިހާރު ޖަހާފައި އިންގޮތުން ދައުލަތުގެ އާމްދަނީއަކީ 34 ބިލިއަން ރުފިޔާ ކަމަށެވެ. ޝަމްހީދު ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓް ހަރަދުކޮށް ނިމޭއިރު މިއަހަރު ދައުލަތުގެ ދަރަންޏަށް 21 ބިލިއަން ރުފިޔާ އިތުރުވެގެންދާނޭ ކަމަށެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް އަހަރެއްގެ ތެރޭގައި ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވެގެންދާނޭ ފުރަތަމަ ފަހަރުކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. 

ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓުން އެއްވެސް ކަމެއް ކޮށްފައިނުވާއިރު، ސަޕްލިމަންޓަރީ ބަޖެޓެއް ފާސްކުރަން އުޅުމުގެ ބޭނުމެއް ނޭނގޭކަމަށެވެ. ސަރުކާރުން މިއަހަރު ހަރަދުތަކެއް ކުރިނަމަވެސް ތަރައްޤީއަށް އެއްވެސް ހަރަދެއް ކުރިކަން ފެންނަން ނެތްކަމަށް ގަޕޯ ފާހަގަކުރެއްވިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ވިދާޅުވީ އިތުރު ބަޖެޓެއް ހުށަހެޅިއިރު ހަރަދުކުރި ގޮތް އެނގެން ނެތްކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ހަރަދު ބަރަދުގެ ދެފުއްފެންނާނޭހެން ހިސާބުތައް އާއްމުކުރަމުން ގެންގޮސްފައިވާކަމަށެވެ. 

މިއަދުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ މިއީ ކޮންމެހެންވެސް ހުށަހަޅަންޖެހޭ ބަޖެޓެއްކަން ފާހަގަކުރަމުން މި ބަޖެޓުން ރައްޔިތުންނަށް އިތުރު ފާގަތިކަމެއް ލިބިގެންދާނޭކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި އެކީ، މި އަހަރަށް ހުށަހަޅާ ސަޕްލިމަންޓަރީ ބަޖެޓަކީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެކެވެ. 

ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅިއިރު، މިއަހަރަށް ކަނޑައެޅި ބަޖެޓުން، މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުގެ 74 އިންސައްތަ ހޭދަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރީ ސަރުކާރާ ޚިލާފަށް، މި ސަރުކާރުން ސަޕްލިމަންޓަރީ ބަޖެޓް ހުށަހަޅާފައިވަނީ މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދު ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް އިއުލާނުކޮށް ހުއްދަ ހޯދުމަށް އެދުމުގެ ތެރެއިން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Aug 2026
ކޮންޓްރެކްޓްގެ އެއްބަސްވުމުގެ މުއްދަތު އާކުރުމާ ގުޅޭގޮތުން ކަންބޮޑުވުމެއްނެތް: އަޓޭޓާ
ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބުދެމުން އަޓޭޓާ ބުނީ އާސެނަލްގައި ހުންނާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ
15 Aug 2026
މަރުހޫމް ސާންތީ ކޯޗުގެ ހިދުމަތްތަކަށް ޤައުމީ އިނާމް
ސާންތީ ކޯޗް ނިޔާވީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައި. އާއިލާގެ ފަރާތުން ޤައުމީ އިނާމާ ހަވާލުވީ ކޯޗްގެ ކޮއްކޮ އަހުސަން އަބްދުލްގަނީ
15 Aug 2026
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ދިވެހި ދައުލަތުން ޢިއްޒަތެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އަލްއުސްތާޛު އަޙްމަދު ޝާކިރު ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކާއި، މިއަދުގެ މި ޤައުމީ މުނާސަބަތާ ވަރަށް ބޮޑަށް ގުޅި ލާމެހިގެންދާ ކަމެކެވެ
15 Aug 2026
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް، ފަރެސް އާމިރަށް
ޢާމިރު އަޙްމަދު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ.
15 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި
ފަސް އަހަރެއްގެ މެދުކެނޑުމަކަށް ފަހު މި ބައްދަލުވުން އަލުން ބާއްވަން ފެށީ 2024 ވަނަ އަހަރުއެވެ
15 Aug 2026
އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރަނީ
ރައީސް ވިދާޅުވީ އިސްލާމް ދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާ ނިޒާމީ ގޮތުން ކަށަވަރު ކުރަން ބޭނުންވާކަމަށެވެ
15 Aug 2026
ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވައިފި
ކަށިމާ އަޙްމަދު ޝާކިރަކީ ދިވެހި ބަހާއި، އަދަބިއްޔާތު، އަދި ތާރީޚުގެ ރޮނގުން 60 އަހަރަށްވުރެ ގިނަ ދުވަހު ޤައުމީ ޚިދުމަތް ކުރައްވާފައިވާ، ދައުލަތުގެ އެންމެ މަތީ ޢިއްޒަތް އަރުވާފައިވާ ބޭފުޅެކެވެ.
15 Aug 2026
ދިވެހިޤައުމު، ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ދުވަހު އަޅުގަނޑުމެން ކުރާ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުންކަމަށެވެ