މެންބަރު އިބްރާޙީމް މުހައްމަދު
ހަބަރު
25 Oct 2024 | 12:52
ސަރުކާރުތަކުން ނިޒާމުގެ ތެރޭގައި ތައާރަފްކޮށްފައި ހުރި ބޮޑެތި ފަސާދަތައް އެއްވެސްއިރަކު ހުއްދައެއް ނުކުރަން: އިބްރާޙީމް

ސަރުކާރުތަކުން ނިޒާމުގެ ތެރޭގައި ތައާރަފްކޮށްފައި ހުރި ބޮޑެތި ފަސާދަތަކަކީ އަބަދުވެސް ޝަރުޢީގޮތުން ދެކޮޅު ކަންކަން ކަމަށާ، އެކަންކަން އެއްވެސްއިރަކު ހުއްދަ ނުކުރައްވާ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ.

ސިނގިރޭޓާއި ދުންފަތުން ނަގައި ޓެކްސް ބޮޑުކޮށް، އީ-ސިނގިރޭޓު އަދި ވޭޕު މަނާކުރާގޮތަށް އެކްސްޕޯޓް އިންޕޯޓް ގާނޫނަށް މެންބަރު އިއްބެ އިސްލާޙް ހުށަހެޅުއްވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ، ޓެކްސް އަކީ ފޭރުން ކަމަށާ އެއީ ހަރާމް އެެއްޗެއް ކަމަށް އިއްބެ މީގެ ކުރިން ވިދާޅުވެފައިވާކަން ފާހަގަކޮށް ފާޑުކިޔާފައެވެ. 

އެވާހަކަ ތަކަށް ރައްދު ދެއްވައި އިއްބެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިންވެސް މުސްލިމުންގެ މުދަލުން ޢުޒުރެއްނެތި ޓެކްސް ނެގުން ފަދަ ކަންކަން ހުއްދަ ނުކުރައްވާ ކަމަށެވެ. 

އަދި މުސްލިމުންގެ މުދަލުން ޓެކްސް ނެގުމާމެދު އޭނާގެ ބަސް، ކުރިއެކޭ އެއްވެސް ތަފާތެއް ނުވާ ކަމަށާ، އެއީ ހުއްދަ ނޫން ކަމެއް ކަމަށް ވިދާޅުވިއެވެ. 

އަޅުގަނޑު ސިޔާސީ މައިދާނަށް ނިކުތުމުގެ ކުރިންވެސް ސަރުކާރުތަކުން ނިޒާމުގެ ތެރޭގައި ތައާރަފްކޮށްފައި ހުރި ބޮޑެތި ފަސާދަތައް (ބަނގުރާ، ރިބާ، ދުންފަތް، مسلمންގެ މުދަލުން عزرއްނެތި ނެގޭޓެކްސްފަދަ) ކަންކަމަކީ އަބަދުވެސް شرعيގޮތުން ދެކޮޅު ކަންކަން އެއްވެސްއިރަކު ހުއްދައެއް ނުކުރަން

މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު)

މިއާއެކު މެންބަރު އިއްބެ ވިދާޅުވީ، ފުރަންދާ ބޭރު މީހުންވެ އަތުން ޓެކްސް ނަގާތީ އެކަމާ ކަންބޮޑުވެގެން އުޅޭ ގިނަ މީހުންގެ އެއްވެސް އިޚްލާސްތެރި ކަމެއް ނެތް ކަމަށާ، އެފަދައިން ވާހަކަ ދައްކާ ފަރާތްތަކުގެ ޕާޓީ ތަކުގެ މެނިފެސްޓޯގައި  ރައްޔިތުންނަށްދޭ ޚިދުމަތުން ޓެކްސް ނެގުމާއި ޓެކްސް ބޮޑު ކުރުން ހިމެނޭ ކަމަށެވެ. 

އެހެންކަމުން، އެފަދަ ފަރާތްތަކުން ފުރަތަމަ ކުރަންވީ ކަމަކީ ޕާޓީގެ މެނިފެސްޓޯއާއި ދެކޮޅަށް ނުކުމެ ބަދަލު ކުރުން ކަމަށާ ރައްޔިތުން ގާތަށް އަންނަން ވާނީ އޭގެ ފަހުން ކަމަށް އިއްބެ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ