އެކްސިޑެންޓްވި މީހުން އެމްބިއުލާންސުގައި ހޮސްޕިޓަލަށް ގެންދަނީ..
ހަބަރު
25 Oct 2024 | 20:52
ދެ ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓްގައި، 12 މީހަކަށް އަނިޔާވި: ފުލުހުން

ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާ ލިބުނުކަމަށް ފުލުހުން ބުނެފިއެވެ.

ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓާ ބެހޭގޮތުން ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، މިރޭގެ 19:34 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވި އެއް ލޯންޗަކީ ކޮއްދިއްޕަރު ޕީކޭޑީ-10 ނަމަކަށް ކިޔާ ލޯންޗެކެވެ. އަނެއް ލޯންޗަކީ ސެނޯރާ ނަމަކަށް ކިޔާ ލޯންޗެކެވެ. 

ވީޑިއޯއިން ފެންނަ ގޮތުގައި ދެ ލޯންޗަށްވެސް  ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ހާދިސާގައި ބައެއް މީޙުންގެ ގަޔަށް ބިއްލޫރި އެތިއެތިކޮޅު ވަދެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ދަނީ މިހާރު މި އެކްސިޑެންޓް ތަހުގީގުކުރަމުންނެވެ.

އެޑިޓަރުގެ ނޯޓް
އެންމެ ފަހުން ފުލުހުން ދިން މައުލޫމާތަށް ބަލާއިރު، ލޯންޗު އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާވެގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައެވެ. ފުލުހުން ކުރިން ދިން މައުލޫމާތުގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެނައިކަމަށް ބަޔާންކޮށްފައިވަނީ 4 މީހެކެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.