ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި އެސްޓީއޯ މެޑިކަލް ސާވިސަސްގެ އައު ފާމަސީ - ފޮޓޯ: އެސްޓީއޯ
ހަބަރު
27 Oct 2024 | 22:31
އާސަންދައިގެ ދަށުން އެންމެ ގިނައިން ދޫކުރާ ބޭހުގެ އަގުތައް އަންނަ މަހުން ފެށިގެން ކޮންޓްރޯލްކުރަން ފަށަނީ

އާސަންދައިގެ ދަށުން އެންމެ ގިނައިން ދޫކުރާ ބޭހުގެ އަގުތައް އަންނަ މަހުން ފެށިގެން ކޮންޓްރޯލްކުރަން ފަށާނޭކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އެންސްޕާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އާސަންދައިގެ ދަށުން އެންމެގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، މިގޮތުން އެ މަސައްކަތް ކުރިއަށްދާނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންކަމަށެވެ.

މި ފިޔަވަޅުތަކުގެ ތެރެއިން އަގު މުރާޖައާ ކުރެވިފައިވާ 87 ބޭހުގެ އަގު އަންނަ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް އެންސްޕާއިން ވަނީ ނިންމާފައެވެ. އަދި 126 ބޭހެއްގެ އަގުތައް ނޮވެމްބަރުމަހުގެ 24 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާކަމަށްވެސް އެންސްޕާއިން ބުނެއެވެ.

އެންސްޕާއިން ބުނީ އަގުތަކަށް ބަދަލުގެންނަ ބޭހުގެ ތަފްސީލްތައް އެ ބަދަލު ގެންނަ ދުވަހުން ފެށިގެން އާސަންދަ ކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނޭ ކަމަށެވެ.

ބޭހުގެ އަގުތަކަށް ގެނައުމަށް ނިންމާފައިވާ މި ބަދަލާ ގުޅޭގޮތުން އެންސްޕާއިން ބުނީ، މި ފިޔަވަޅުތަކުގެ ސަބަބުން ކުރިން އަގުބޮޑުކޮށް ވިއްކަމުންދިޔަ ބޭސްތައް އަގުހެޔޮކުރެވި އާސަންދަ ސްކީމަށް ކުރަންޖެހޭ ހަރަދުތައްވެސް ކުޑަވެގެން ދާނޭކަމަށެވެ. އެންސްޕާއިން ބުނީ މި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ބައިތުލްމާލުން ބޭހަށް އަހަރަކަށް ކުރަމުން އަންނަ ހަރަދުތަކުން 220 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.