އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
ހަބަރު
30 Oct 2024 | 15:18
ޗާގޯސްގެ މިނިވަންކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިން ނިންމި ނިންމުމާ ގުޅިގެން ރާއްޖެއަށް ގޮންޖެހުންތަކެއް އެބަހުރި: އުޝާމް

ޗާގޯސްގެ މިނިވަންކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން ރާއްޖެއަށް ގޮންޖެހުންތަކެއް އެބަހުރިކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލާގައި އުޝާމް މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޗާގޯސްގެ މައްސަލާގައި އިނގިރޭސިވިލާތުން މިހާރު ވަނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދިނުމަށް ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން އުޝާމް ވިދާޅުވީ ޗާގޯސް މައްސަލާގައި އިނގިރޭސިވިލާތުން ނިންމި ނިންމުމުގެ ސަބަބުން މުޅި މައްސަލާގައި ރާއްޖެއިން  ގެންގުޅެމުން އައި ރޭވުންތައް ބަދަލުކުރަން ޖެހޭނޭކަމަށެވެ. އުޝާމް ވިދާޅުވީ އިނގިރޭސިވިލާތުގެ އެ ނިންމުމާއެކު މި މައްސަލާގައި ރާއްޖެއަށް ލަފާދޭ ބޭރުގެ ކަމާބެހޭ މާހިރުންގެ ޓީމާއެކު ވާހަކަތައް ބާއްވަމުން އަންނަ ކަމަށެވެ.

އިންޓަރނޭޝަނަލް އެކްސްޕާޓުންނާއި އަދި ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމާ މަޝްވަރާކުރަމުން މިދަނީ މިކަމުގައި ދެން ކުރިއަށްދާނެ އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ

އުޝާމް ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ، ޗާގޯސް މައްސަލާގައި ރާއްޖެއަށް ލަފާދޭ އިންޓަރނޭޝަނަލް އެކްސްޕާޓުންނާއި އަދި ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ލަފާ ލިބުނުހާ އަވަހަކަށް މި މައްސަލައިގެ ރިޕޯޓް މުރާޖައާކުރުމަށްފަހު ކެބިނެޓަށް ހުށަހަޅައިގެން ކުރިއަށްދާނޭ ކަމަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސް އާ ހަވާލުކުރުމަށް ނިންމުމާއި ގުޅިގެން އިނގިރޭސި ހާރިޖީވަޒީރު ޑޭވިޑް ލެމީ ދެއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ، މި ނިންމުން ނިންމި ނަމަވެސް ޑިއޭގޯ ގާސިއާގައި އެމެރިކާ އަދި އިނގިރޭސިން ހިންގަމުން އަންނަ އަސްކަރީ މަރުކަޒުތައް އަދިވެސް ހިންގަމުންދާނީ އެ ދެ ޤައުމުންކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ، މިއީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ. 

މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދުގެ ރަށްތައް ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރި މީހުންނަށް އެ ރައްތަކަށް އައުމުގެ މަގުފަހިވެގެންދާނޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މޮރިޝަސްގެ ރަށްވެހީންނަށްވެސް ޗާގޯސްގެ ރަށްތަކުގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

އިނގިރޭސިން އަންނަނީ 1814 ވަނަ އަހަރުން ފެށިގެން ފޯޅަވަހި ސަރަހައްދު ކޮންޓްރޯލްކުރަމުންނެވެ. އެއަށްފަހު އިނގިރޭސިން ވަނީ މޮރިޝަސްގެ ކިބައިން 1965 އަހަރު ޗާގޯސްގެ ރަށްތަށް ނިގުޅައިގަނެފައެވެ. މިކަމުގެ ތެރެއިން ޗާގޯސްގެ ރަށްތަކުގައި ދިރިއުޅެމުން އައި 2000 ހަށްވުރެ ގިނަ ރައްޔިތުން ވަނީ މޮރިޝަސް އާއި އެނޫންވެސް ބައެއް ތަންތަނަށް ފޮނުވާލާފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، ނުވަތަ ބައިނަލްއަޤްވާމީ ކޯޓުން ވަނީ 2019 ވަނަ އަހަރު ޗާގޯސްގެ ރަށްތައް އިނގިރޭސިން ދޫކޮށްލަންޖެހޭކަމަށް ނިންމާފައެވެ. އެގޮތުން ޗާގޯސްގެ ރަށްތަކުން އެރަށްތަކުގައި އޭރުތިބި މީހުން ފޭބުމަށް އިނގިރޭސިން އެންގި އެންގުމަކީވެސް ގޯސް ނިންމުމެއްކަމަށް ބައިނަލްއަޤްވާމީ ކޯޓުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ މައްސަލާގައި އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ރާއްޖޭގެ ދެކުނު ސަރަހައްދުން ކަނޑުގެ ބޮޑު ބައެއް ގެއްލިފައިވާތީ އެ މައްސަލަ ދިރާސާކޮށް ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނޭކަމަށް އަދުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.