އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ދަނޑުވެރިއަކު ހަނޑޫތަކެއް ވަކިކުރުމުގައި... ފޮޓޯ/ ރޮއިޓާސް
ހަބަރު
30 Oct 2024 | 20:43
އަންނަ އަހަރު އިންޑޮނޭޝިއާއަށް 1 މިލިއަން ޓަނުގެ އިންޑިއާ ހަނޑޫ އެތެރެކުރަނީ

އިންޑޮނީޝިއާގެ ހަނޑޫ މޫސުމުގެ ކުރިން އަތުވެދާނެ ސަޕްލައި ޗެއިން ޝޯޓޭޖަކަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއިން 1 މިލިއަން މެޓްރިކް ޓަނުގެ ހަނޑޫ އެތެރެކުރާނެކަމަށް އިންޑޮނީޝިއާގެ ކޯޑިނޭޓިންގ މިނިސްޓަރ ފޮރ ފުޑް އެފެއަރޒް ޒުލްކިފްލި ހަސަން ވިދާޅުވެއްޖެއެވެ.

މޫސޫމީ ބަދަލުތަކުގެ ސަބަބުންނާއި މިދިޔަ 2 އަހަރުގެ ހޫނު މޫސުމުގެ އަސަރުގެ ސަބަބުން އަންނަ އަހަރު އިންޑޮނީޝިއާގެ ދަނޑުވެރިން އުފައްދާ ހަނޑުލުގެ އަދަދު 2.3 އިންސައްތަ ދަށަށް ދާނެކަމަށް ބެލެވެއެވެ. ޑިސެމްބަރު މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ހަނޑު ލިބޭ މިންވަރު މަދުވާނެކަމަށް ބެލެވޭތީ، ފެބްރުއަރީ މަހުގެ ނިޔަލަށް ހަނޑޫ ސަޕްލައި މެދުކެނޑުނަ ނުދިނުމަށް އިންޑިއާއިން ގެންދާ 1 މިލިއަން މެޓްރިކް ޓަނުން އެހީވާނެކަމަށް އިންޑޮނީޝިއާގެ ފުޑް އެޖެންސީއިން ބުނެއެވެ. ހަނޑޫ މޫސުން އިންޑޮނީޝިއާގައި ފެށޭނީ މާޗް މަހުގެ މެދުތެރެއިން ފެށިގެންނެވެ.

280 މިލިއަން މީހުންގެ އާބާދީގެ އިންޑޮނީޝިއާގެ މީހުންގެ ކެއުމުގައި ހަނޑުލަކީ އެންމެ މުހިއްމު އެއް ބައެވެ. އިންޑިއާއިން އެތެރެކުރާ ހަނޑުލާއެކު، ޖުމްލަ 3.6 މިލިއަން މެޓްރިކް ޓަނުގެ ހަނޑޫ އެގައުމުން މިއަހަރު އެތެރެކުރާނެއެވެ. އަދި ހަނޑޫ ހޯދުމަށް އެހެން ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމަށް ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވެވަޑައިގެންފައިވާ ވައުދާއެކު އަންނަ އަހަރު މިލއަން ހެކްޓަރާއި ގާތްކުރާ އަދަދަކަށް ހަނޑޫ ދަނޑު ހައްދަން ބިން ދޫކުރާނެއެވެ.

މިދިޔަ އަހަރު ހަނޑޫ އެކްސްޕޯޓްކުރުން މަނާކުރުމާ ގުޅިގެން އިންޑިއާގެ ހަނޑުލުގެ ސްޓޮކް ރަނގަޅުވެ، އަންނަ އަހަރު ބޮޑު އަދަދެއްގެ ހަނޑު ޝިޕްމަންޓްތައް ބޭރުކުރެވޭނެކަމަށް އިންޑިއާއިން އަންދާޒާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.