ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:ފޮޓޯ/ ރައީސް އޮފީސް
ހަބަރު
31 Oct 2024 | 11:07
މި ސަރުކާރަކީ ނޫސްވެރިންނަށް ފުރިހަމައަށް މިނިވަންކަން ދޭނެ ސަރުކާރެއް: ނާއިބު ރައީސް

މި ސަރުކާރަކީ ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަމަށާއި، ނޫސްވެރިންގެ ޒިންމާ އަދާކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުންދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި، "11 ވަނަ ނޫސްވެރިކަމުގެ އެވޯޑް” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިޑިއާ ބާރުވެރިކޮށް ކުރިއެރުވުމަށް، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ޙާޞިލުކުރުމަށްޓަކައި ކަމާ ގުޅޭ މުވައްސަސާތަކުން ބާރު ދުވެލީގައި މަސައްކަތްކުރަމުންދާކަމަށެވެ. އަދި މީޑިއާ އާއި ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަންފޯރުކޮށްދީ ކުރިއެރުވުމަކީ އަދުގެ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަކީ ނޫސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައީސެއް. އެމަނިކުފާނުގެ ކެބިނެޓާއި އެމަނިކުފާނުވެސް ނޫސްވެރިންނާއި ބައްދަލުކުރެއްވަމުން ގެންދަވާކަން އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރަން. މިއަދު ސަރުކާރުގެ ސިޔާސަތުތަކާއި އެކި ކަންކަމަށް ސަރުކާރުން ކުރާ ހޭދަތަކުގެ މައުލޫމާތު މީޑިއާއަށް ފޯރުވުމެއް ނެތި، ހާމަކުރަމުންދިޔުމަކީ ވެސް އަޅުގަނޑު ނުހަނު އުފާކުރާކަމެއް" ނާއިބުރައީސް ވިދާޅުވިއެވެ. 

ޒަމާނީ ނޫސްވެރިކަމަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖަންސް އާއި އެނޫންވެސް ފަންނިއްޔާތުގެ މަންސަތަކުން ހޯދާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށް، މީޒާން ހަމަކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާއަދާކުރުމަށް އެމަނިކުފާނު ނޫސްވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

އަދި ކުށެއް ނެތް ސާފު ދިވެހިބަހުން ލިޔެ، ވާހަކަދައްކައި ހެދުމަށް، މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ހިތްވަރުދިނުމަށްވެސް އެމަނިކުފާނު ނޫސްވެރިންނަށް ގޮވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މަދަރުސާތަކުންނާއި ކޮލެޖު، ޔުނިވަރސިޓީތަކުން ކިޔަވައިގެން ނިކުންނަ ޤާބިލު ދަރިންގެ ތެރެއިން މޮޅެތި ނޫސްވެރިން އުފެއްދުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.