އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު.
ހަބަރު
31 Oct 2024 | 12:00
އިތުރު ޙައްޖު ކޯޓާ ލިބިއްޖެ ނަމަ، އަމިއްލަ ޖަމާއަތްތަކަށް ދިނުމުގެ ވިސްނުން އެބަހުރި: ޝަހީމް

ރާއްޖޭން މީހުން ޙައްޖަށް ގެންދަން އިތުރު ކޯޓާތަކެއް ލިބިއްޖެ ނަމަ، އަމިއްލަ ޖަމިއްޔާތަކަށް އެ ފުރުސަތު ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ބާއްވާ ފުރަތަމަ 'ޙައްޖު ޢުމްރާ ކޮންފަރެންސް' ފެށުމަށް މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ސައުދީ ސަރުކާރުން ރާއްޖެ އާއެކު ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށެވެ. އަދި ރާއްޖެއިން އެދޭ ކޮންމެ ކަމެއް  އެ ސަރުކާރުން ކޮށްދެމުންދާ ކަމަށެވެ. އަދި ހައްޖާއި ޢުމްރާއާއި ގުޅޭ ކަންކަމުގައި ސައުދީ ސަފީރު ކޮށްދެއްވާ ކަންކަމަށް ޝަހީމް ޝުކުރު އަދާކުރެއްވިއެވެ. 

މިއާއެކު ޝަހީމް ވިދާޅުވީ، ރާއްޖޭގައި ހައްޖާއި ޢުމްރާގެ ޚިދުމަތް ދެމުންދާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، އެކަންކަމަށް ނިޒާމީ ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އަދި މިހާރު ކަންތައް ހަމަޖެހިފައި އޮންނަ ގޮތުން، ސައުދީ އަރަބިއާއިން ބޮޑަށް ބާރު އަޅަނީ ޙައްޖުގެ ކަންތައް ދައުލަތުގެ ބެލުމުގެ ދަށުގައި ބޭއްވުމަށެވެ. 

އެ ގޮތުން، ރާއްޖެއަށް ލިބޭ ކޯޓާތައް ޙައްޖު ކޯޕަރޭޝަނަށް ދޭ ގޮތަށް ހަމަޖައްސާފައި އޮތްކަން ފާހަގަކުރައްވައި ވަޒީރު ވަނީ، މުސްތަގުބަލުގައި އިތުރު ކޯޓާތަކެއް ލިބިއްޖެ ހާލަތެއްގައި އަމިއްލަ ޖަމިއްޔާތަކަށް އެ ކޯޓާތަކުން ބައެއް ދިނުމުގެ ވިސްނުން ހުރި ކަން ހާމަކުރައްވާފައެވެ. 

އަޅުގަނޑުމެން ޙައްޖު ކަންކަން ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ދޭން ހަމަޖައްސާފައި އޮތް ކަމުގައި ވިޔަސް، އިތުރު ކޯޓާތަކެއް މުސްތަގުބަލުގައި ވެސް ލިބިއްޖެ ހާލަތެއްގައި އަމިއްލަ ޖަމާއަތްތަކަށް އެ ކޯޓާއިން ވެސް ބައެއް ދިނުމުގެ ވިސްނުން އެބަހުރި،

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

ޝަހީމް ވިދާޅުވީ، ކޮވިޑްގެ ޢާލަމީ ވަބާއަށް ފަހުގައި ސައުދީގައި ޙައްޖު ކަންކަމުގައި ކުރިން ހާލަތަށް އަދިވެސް ނުދާ  ކަމަށާއި މިހާރު މައްކާ، މަދީނާ، މިނާ މުޒްދަލިދާއަށް ގެންނަމުންދާ އުމްރާނީ ބަދަލުތަކުގެ ސަބަބުން ކުރީގައި ގައުމުތަކަށް ކޯޓާ އިތުރުކުރާ ގޮތަށް މިހާރު އެއްވެސް ގައުމަކަށް އެކަން ނުކުރާ ކަމަށެވެ. 

ކުރީ ޒަމާނުގައި 1،000 ނުވަތަ 2،000 ކޯޓާ ދިން، އިތުރަށް. އެކަމު، މިހާރު އެގޮތަަކަށް ނޫން އެކަން އޮތީކީއެއް. އެތާނގެ ކަންކަމަށް ބަދަލުތައް އައުމަށްފަހު ކޯޓާގެ ކަންކަމަށްވެސް ބަދަލުތައް އަންނާނެކަމުގެ އިޝާރާތެއް ލިބިފައި އަޅުގަނޑުމެންނަށް އޮތީ. އެހެންވީމާ އެ ފުރުސަތު ގެއްލިގެން ނުވަތަ ބަންދުވެގެން ދިޔައީއެއް ނޫން

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

މިއާއެކު މިނިސްޓަރު ވަނީ، މިހާރު އުމްރާއަށް ދަނީ ވަކި މޫސުން ތަކެއްގައިކަން ފާހަގަކުރައްވައި، ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން އިރަކު އުމްރާއަށް ދިޔުމުގެ ފުރުސަތު އޮންނަ ގޮތަށް ކަންކަން ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ. އަދި ދަރިވަރުންނާއި، ޒުވާނުންނަށް އުމްރާގެ އެކިއެކި ޕެކޭޖްތައް ތަޢާރަފް ކުރުމަށްވެސް އެދިލެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ އަންނަ އަހަރުން ފެށިގެން ޙައްޖާއި ޢުމްރާގެ ކުންފުނިތަކުގެ ތެރެއިން ޚިދުމަތުގެ ގޮތުން އެންމެ ރަނގަޅު ފަސް ކުންފުންޏަކަށް އެވޯޑެއް ދިނުމަށް ނިންމާފައިވާ ކަން އިއުލާން ކުރައްވާފައެވެ. އެކަން ކުރާނީ ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ކަމަށާއި އެކަން ކުރިއަށް ގެންދާނެ ގޮތަކާ މެދު ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެކަން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ