ހަބަރު
31 Oct 2024 | 12:37
މާދަމާއިން ފެށިގެން ”އައުޓް ޕޭޝަންޓުން“ ނަށް ސިއްހީ ޚިދުމަތް ދޭއިރު އިސްކަންދޭނީ ޕްރައިވެޓް އިންޝުއަރަންސް އަށް

މާދަމާއިން ފެށިގެން ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުން "އައުޓް ޕޭޝަންޓް" ގެ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތްތަކުގެ ބިލްތައް ކުރުމުގައި އިސްކަންދޭނީ ޕްރައިވެޓް އިންޝުއަރަންސް އަށްކަމަށް އެންސްޕާއިން ބުނެފިއެވެ.

އެންސްޕާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި، މި ބަދަލު ގެނެވެނީ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ އިޖްތިމާޢީ ސިއްޙީ އިންޝުއަރަންސް ނިޒާމު، އާސަންދަ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ޚިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. 

މިގޮތުން 1 ނޮވެންބަރު 2024 އިން ފެށިގެން "އައުޓް ޕޭޝަންޓް" ގެ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމަ، ޕްރައިވެޓް އިންޝުއަރަންސަށް ފުރަތަމަ ބިލް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެންސްޕާގެ ނޫސް ބަޔާނުގައި ވާގޮތުން، ޕްރައިވެައިވެޓް އިންޝުއަރަންސް ނަގާފައިވާ ފަރާތްތަކުން އެފަރާތްތަކުގެ އިންޝުއަރަންސް ޕޮލިސީގައިވާ ގޮތަށް އާސަންދައިން އެ ޚިދުމަތަށް ކަވަރޭޖް ލިބިގެންދާނެއެވެ. މިކަންކަން ކުރިއަށްދަނީ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި ދެފުށް ފެންނަ ގޮތެއްގައި ކަން ކަށަވަރު ކުރުމަށް މި ފިޔަވަޅު ތަންފީޒު ކުރަނީ އެކި ފިޔަވަޅުތަކަށް ބަހާލައިގެން އައުޓް ޕޭޝަންޓް، އަދި އިން ޕޭޝަންޓް ވަކިން ކަމަށް ބުނެފައިވެއެވެ. 

އަދި ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ޚިދުމަތްދޭ މަރުކަޒުތަކުން ޢަމަލުކުރާކަން ފާހަގަ ކުރެވިއްޖެނަމަ އެކަން އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ”ޝިކާވަތި“ ޗެޓްލައިން 7951400 އަށް ރިޕޯޓް ކުރުމަށް އެންސްޕާއިން ވަނީ އެދިފައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ހޮޓްލައިން 1400 އަށް ގުޅުއްވުމަށް ވެސް ވަނީ އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.