ވީއައިއޭ
ހަބަރު
31 Oct 2024 | 14:22
ގްރީންޓެކްސް، ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކްސް އިތުރުކުރުމަށް ފާސްކޮށްފި

ސަރުކާރުގެ ފަރާތުން ގްރީންޓެކްސް، ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކްސް ރޭޓް އިތުރުކުރުމަށް ހުށަހެޅި އިސްލާހް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ގްރީންޓެކްސް، ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކްސް ރޭޓް އިތުރުކުރުމަށް މަޖިލީހަށް ބިލް ހުށަހަޅުއްވާފައިވަނީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ. މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގައި ތިއްބެވި، ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ވޯޓުންނެވެ. މި ބިލަށް ވޯޓު ނުދެއްވަނީ އިދިކޮޅަށް ނިސްބަތްވާ މެމްބަރުންނެވެ.

ފާސްކުރި އިސްލާހުގައި ވާގޮތުން ޓޫރިސްޓެއްގެ ބޮލަކަށް މިހާރު ދުވާލަކަށް 6 ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ނަގާނީ 12 ޑޮލަރެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

އެއާޕޯޓް ޓެކްސްއަށް ގެނައި އިސްލާހަށް ބަލާއިރު، އަންނަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއާޕޯޓު ފީ ބޮޑު ކުރާ ގޮތަށް ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ ތެރެއިން އިކޮނޮމީ ކުލާހުން ފުރާ ކޮންމެ ބިދޭސީންގެ އަތުން ނަގާ 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރު ނެގުމަށް ވަނީ ނިންމާފައެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާނަމަ، ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 60 ޑޮލަރުގެ ބަދަލުގައި 120 ޑޮލަރު ނެގުމަށް ވަނީ ނިންމާފައެވެ. އަދި އަމިއްލަ ޖެޓްތަކުގައި އަންނަ މީހުންގެ އަތުން ވަނީ  120 ޑޮލަރުގެ ބަދަލުގައި 480 ޑޮލަރު ނެގުމަށް ނިންމާފައެވެ.

ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އަންނަ 16 އިންސައްތައިގެ ބަދަލުގައި އިސްލާހުކޮށްފައިވަނީ، އަންނަ އަހަރުގެ ޖުލައިމަހުން ފެށިގެން 17 އިންސައްތަ ރޭޓްގައި ނެގުމަށެވެ.

ޓެކްސް އާއި ފީތަކަށް ގެންނަ ބަދަލާއެކު އަންނަ އަހަރު މިބައިން ގާތް ގަނޑަކަށް 5 ބިލިއަން ރުފިޔާ ލިބޭނޭކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.