ޕީއެސްއެމް
ހަބަރު
31 Oct 2024 | 21:39
އެޑްޓޯރިއަލް އާ ހިލާފް ކޮންޓެންޓެއް ދެއްކުމުން ޕީއެސްއެމުން މީޑިއާ ކައުންސިލްގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ނިމިގެންދިޔަ މީޑިއާ ކައުންސިލްގެ އެވޯޑް ހަފްލާގައި ދައުލަތުގެ މީޑިއާގެ އެޑްޓޯރިއަލް އާ ހިލާފް ކޮންޓެންޓެއް ދެއްކުމުން، ޕީއެސްއެމުން މީޑިއާ ކައުންސިލްގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕީއެސްއެމުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ އެވޯޑް ހަފްލާ ރޭ ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީ ޗެނަލްތަކުން ލައިވްކޮށް ދެއްކިއިރު، ޕީއެސްއެމްގެ އެޑްޓޯރިއަލް ކޮންޓެންޓާ ހިލާފަށް އަދި ނޫސްވެރިކަމުގެ އާއްމު މިންގަނޑާ ހިލާފް ވީޑިއޯއެއްް އެ ހަފްލާ އިންތިޒާމްކުރި ފަރާތުން ދައްކާފައިވާކަމަށެވެ.

ޕީއެސްއެމްއިން ލައިވް ކަވަރޭޖް ހަދާ ހަފްލާތަކުގައި ދައްކާ ވީޑިއޯ ފޫޓޭޖްތަކަކީ ޕީއެސްއެމްގެ އެޑްޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާންޖެހެއެވެ.

އެވޯޑް ލިބޭ ކެޓަގަރީތަކާ އެ ކެޓަގަރީއަށް ނޮމިނޭޓް ވެފައިވާ ފަރާތްތައް މީޑިއާ ކައުންސިލަށް އެނގޭއިރު، ޕީއެސްއެމަށް ކުރިއަލާ އެނގުމަކާ ނުލައި އެ ވީޑިއޯ ދައްކާފައިވަނީ ގަސްދުގައި ދުރާލާ ތައްޔާރުވެގެންކަމަށް ޕީއެސްއެމުން ބުނެއެވެ. އަދި މިކަން މީޑިއާ ކައުންސިލުން ކޮށްފައިވަނީ ޕީއެސްއެމްގެ އެޑްޓޯރިއަލް އާ ހިލާފް ކޮންޓެންޓު ޕީއެސްއެމުން ދެއްކުމުގެ ނިޔަތުގައި ކަމަށްވެސް ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ. އެހެންކަމުން ޕީއެސްއެމުން ވަނީ މީޑިއާ ކައުންސިލްގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

ދައުލަތުގެ މީޑިއާއިން ބުނީ މިކަމަކީ ޕީއެސްއެމަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ގެއްލި ކުންފުނީގެ މައްޗަށް ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅި އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށް ދެކޭ ކަމަށެވެ. 

މީޑިއާ ކައުންސިލަކީ ގާނޫނަކުން އުފެދިފައިވާ ކައުންސިލަކަށް ވާތީ، އެކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ޒިންމާދާރުކަމާއެކީ އަދާކުރުމަށާއި އެންމެހާ ފަރާތްތަކުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޕީއެސްއެމުން ވަނީ މީޑިއާ ކައުންސިލަށް އިލްތިމާސްކޮށްފައެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި އެމްއެމްސީގެ ރައީސަކަށް ހުންނެވި އަހްމަދު މުސްތަފާ މިހާރު ވަނީ، ޕީއެސްއެމްގައި އޭނާ ހުންނެވި މަގާމުން ވަކިކުރައްވާފައެވެ. މުސްތޮ މަގާމުން ވަކިކުރެއްވީ ޕީއެސްއެމްގެ ބޯޑުންކަމަށް މައުލޫމާތު ލިބެއެވެ. އޭނާ އަކީ ދައުލަތުގެ މީޑިއާގައި އުޅޭތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށްލެވެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.