ގޯ ރައިޑް ޕޯސްޓަރ
ވިޔަފާރި
01 Nov 2024 | 21:11
ގިނަ ޕްރޮމޯޝަން ތަކަކާއި އެކު މާލެ ސިޓީއާއި ހއ.ދިއްދޫގައި ގޯރައިޑް ޓެކްސީ ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި!

ގޯރައިޑުން މަޢުލޫމާތު ދިން ގޮތުގައި، މާލޭގައި އެންމެ ފުރަތަމަ އުފެދުނު ޓެކްސީ ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ފައިން ޓެކްސީ 3321414 ގެ ނަން ގޯރައިޑްގެ ނަމަށް ރީބްރޭންޑް ކުރުމަށްފަހު، ގޯރައިޑް ޓެކްސީ ސެންޓަރުން މާލެއާއި ހއ ދިއްދޫއަށް ޚިދުމަތް ދިނުމާއި، ގޯރައިޑް އެޕްލިކޭޝަން ބޭނުންކުރުން ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފެށުމާއެކު، ގޯރައިޑްގެ ޑްރައިވަރުންނާއި، ގޯރައިޑް އެޕް ބޭނުންކޮށް ދަތުރުކުރައްވާ ކަސްޓަމަރުންނަށް ތަފާތު އެތައް ޕްރޮމޯޝަންތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެގޮތުން، ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 20 ގެ ނިޔަލަށް ގޯރައިޑް އެޕްލިކޭޝަން ބޭނުންކޮށް ދަތުރުކުރައްވާ ޑްރައިވަރަކާއި، ކަސްޓަމަރަކަށް ބެންކޮކް ދެކޮޅު ޓިކެޓް ދެ ބޭފުޅަކަށް ލިބިގެންދާނެކަމަށް ގޯރައިޑުން ބުނެފައިވެއެވެ.

މީގެ އިތުރުން، އަލަށް ގޯރައިޑް ޓެކްސީ ސެންޓަރުގައި ރަޖިސްޓަރީ ވެލައްވާ ޕްރައިވެޓް ހަޔާސްގެ އެޑްމިނިސްޓްރޭޓިވް އެންމެހާ މަސައްކަތްތައް ކޮށްދޭނެކަމަށް ގޯރައިޑުން ބުނެފައިވެއެވެ. އަދި 2024 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ގޯރައިޑް އެޕްލިކޭޝަން ބޭނުންކޮށް އެންމެ ގިނަ ދަތުރު ނަންގަވާ ޑްރައިވަރަކާއި، ދަތުރު ކުރައްވަން އެންމެ ބޮޑު ހޭދައެއް ކުރައްވާ ކަސްޓަމަރަކަށް އެންމެ ފަހުގެ އައިފޯނު 16 ޕްރޯ މެކްސްއެއް ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ހަމަ އެހެންމެ، އަންނަ ޖޫންމަހުގެ ނިޔަލަށް ގޯރައިޑް އެޕް ބޭނުންކޮށްގެން އެންމެގިނަ ދަތުރު ނަންގަވާ ޑްރައިވަރަކާއި ދަތުރުކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރައްވާ ކަސްޓަމަރަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި، އަންނަ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ގޯރައިޑް އެޕް ބޭނުންކޮށް އެންމެގިނަ ދަތުރު ނަންގަވާ ޑްރައިވަރަކާއި ދަތުރުކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރައްވާ ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބިގެން ދާނެ ކަމަށް ބުނެފައިވެއެވެ.

އަދި މީގެ އިތުރުންގޯރައިޑް ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީވެލައްވާ ޑްރައިވަރުންނަށް ސޮލެރެލް އިންޝުއަރެންސްގެ ތެރެއިން ތަފާތު އިންޝުއަރެންސް ޕެކޭޖްތައް ލިބިގެން ދާނެ ކަމަށްވެސް ބުންޏެވެ.

މިއާއެކު ގޯރައިޑުން ވަނީ މިއަދުން ފެށިގެން އަލަށް ގޯރައިޑް އެޕް ބޭނުންކޮށް ދަރުކުރައްވާ 100 ކަސްޓަމަރަކަށް ގޯރައިޑް ކޫޕަން ކޯޑް “GORIDE100” ބޭނުންކުރައްވައިގެން ފުރަތަމަ ދަތުރު ހިލޭ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން ފާހަގަކޮށްފައެވެ.

ގޯރައިޑުން އިތުރަށް ފާހަގަކޮށްފައިވަނީ، ގޯރައިޑް އަދި ގޯ ޑްރައިވާ މި ދެ އެޕްލިކޭޝަނަކީ މިހާރު ރާއްޖޭގައި ބޭނުންކުރާ ޑްރައިވިންގ އެހެން އެޕްލިކޭޝަންތަކާ ވަރަށްވެސް ތަފާތު، ފީޗަރސްތައް ވަރަށްވެސް ގިނަ އަދި ފުރިހަމަ ވާނެ ކަމުގައެވެ. 

ގޯރައިޑް އެޕްގެ މުހިންމު ފީޗަރތައް:

1. ކަސްޓަމަރުންގެ ޕްރައިވަސީ އަދި ސެކިއުރިޓީ:

• ކޯލް މާސްކިން: ފޯނު ނަންބަރު ސިއްރުކޮށް އޯޑިއޯ/ވީޑިއޯ ކޯލް ކުރެވޭ

• އިންޓަރނަލް ޗެޓް: ޓެކްސްޓް މެސެޖް އަދި ފޮޓޯ ހިއްސާކުރެވޭ

2. ފަސޭހަ ލޮގިން އޮޕްޝަންތައް:

ޓަޗް/ފޭސް އައިޑީ، ފޭސްބުކް، ޖީމެއިލް، އެޕަލް އައިޑީ، މޯބައިލް ނަންބަރު

3. ޑްރައިވަރ ރިވޯޑްސް ޕްރޮގްރާމް:

ދަތުރުތަކަށް ޕޮއިންޓް ލިބި، ފައިސާގެ އިނާމް ދެވޭ. ޚިދުމަތުގެ ފެންވަރާއި ދަތުރުތަކުގެ އަދަދަށް ބަލައި އިނާމް ކަނޑައެޅޭ. ރިވޯޑްސްތަކުގެ ތެރޭގައި ސިލްވަރ މެޑަލް (50 ރުފިޔާ)، ގޯލްޑް މެޑަލް (150 ރުފިޔާ)، ޕްލެޓިނަމް މެޑަލް (250 ރުފިޔާ)، އަދި ޑައިމަންޑް މެޑަލް (500 ރުފިޔާ) ހިމެނެއެވެ.

 އެޕްގެ އިތުރު ޚިދުމަތްތައް:

- ޕިކްއަޕް ސަރަޙައްދުގެ ފޮޓޯ އަޕްލޯޑްކުރުން

- ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކުން

-. ވިޔަފާރިތަކާއި ހޮޓާތަކަށް ޚާއްޞަ ބުކިންގ ޕެނަލްތައް

- ސަލާމަތީ ފީޗަރތައް:

- އެސްއޯއެސް ބަޓަން: ކުއްލި ހާލަތުގައި ފުލުހުންނާ ގުޅުންނާ ގުޅުމަށް

- ދަތުރު ޓްރޭސްކުރުން: ލައިވް ދަތުރުގެ މަޢުލޫމާތު ހިއްސާކުރުން

-. ދަތުރު ހަމަޖެއްސުމަށް ބޭނުންކުރާ އަލްގޮރިދަމްތައް:

- އެންމެ ކައިރި ޑްރައިވަރު

- ވާދަވެރި އުސޫލު

- ފުރަތަމަ އަންނަ ފަރާތަށް ފުރަތަމަ ޚިދުމަތްދިނުން

ޚާއްޞަ ޚިދުމަތްތައް

1. އެހެން މީހަކަށް ދަތުރު ބުކްކުރުން: ގޯރައިޑް އެޕް ނެތް ފަރާތްތަކަށްވެސް ދަތުރު ބުކްކޮށްދެވޭނެ.

2. މަގުމަތިން ޓެކްސީ ހޯދުން: ކުރިއާލާ ބުކްނުކޮށް، މަގުމަތިން ސީދާ ޓެކްސީއަށް ހެއިލްކުރެވޭނެ.

3. ގޯ ބިޑް:

- ފަސިންޖަރުންނަށް އާންމު ރޭޓަށްވުރެ މަތީ އަގެއް ހުށަހެޅޭނެ.

- ޑްރައިވަރުންނަށް ބިޑްކުރުމުގެ ފުރުޞަތު ލިބޭނެ.

- ފަސިންޖަރުންނަށް އަގު ކަނޑައެޅުމާއި ޑްރައިވަރު ހޮވުމުގެ ބާރު ލިބޭނެ.

4. ގޯ ޕޫލް:

- މަލްޓިޕަލް ޕެސެންޖަރުންނަށް ޓެކްސީ ޝެއަރކުރެވޭ ޚިދުމަތް.

- ދަތުރުގެ އަގު ކުޑަކޮށްދޭ އައު ޙައްލެއް.

- އެއް ސީޓް ރިޒަރވްކޮށް، އެއްމަންޒިލަކަށް ދަތުރުކުރާ އެހެން ފަސިންޖަރުންނާއެކު ދަތުރުކުރެވޭނެ.

މާލެ ސިޓީގައި ގޯރައިޑް އިން ޓެކްސީ ހޯއްދެއްވުމަށް ގުޅުއްވާނީ 3321414 އަދި 3008090 މި ނަންބަރުތަކައްށެވެ. އަދި ހއ.ދިއްދޫއިން ޓެކްސީ ހޯއްދެއްވުމަށް ގުޅުއްވަނީ 9978182 މި ނަންބަރަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ރަޖިސްޓަރީވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9669661 (ޕޮމްޕީ) ފޯނަށް ގުޅަން އެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.