ކެޓްޝެލްޓަރ ފެސިލިޓީއާއެކު މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ރައީސް
ހުޅުމާލޭގައި މިއަދު ހުޅުވުނު ކެޓްޝެލްޓަރ ފެސިލިޓީ އާއެކު މާލެ ސަރަހައްދު މަގުތައް މަތީގައި ބުޅާގިނަވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބުޅާތައް ގިނަވުމުގެ މައްސަލައަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވާނޭކަމަށް ރިޔާސީ އިންތިހާބު ދުވަސްވަރު ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލެސިޓީ ކައުންސިލުން ހެދި ކެޓްޝެލްޓަރ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ވައުދުވިގޮތަށް ކެޓްޝެލްޓަރ މިއަދު ހުޅުވިގެން މިއަދު ދިޔައިރު، ކެޓްޝެލްޓަރގެ ސަބަބުން މަގުތަކުގައި އުޅޭ ބުޅަލުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ހުޅުމާލޭގައި ގާއިމްކުރި ކެޓްޝެލްޓަރ ރައީސް ބައްލަވާލައްވަނީ.. ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ، މިއީ އަދި މި މަސައްކަތުގެ ފެށުމެއް ކަމަށާއި، އަތޮޅުތެރެގައިވެސް މި ބާވަތުގެ މައްސަލަތައް ދިމާވަމުންދާކަމަށެވެ. އެހެންކަމުން ސަރުކާރުން އެކަމަށްވެސް އިޖާބަދެއްވާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއީ ބުރަމަސައްކަތެއް އަދި ފެށުމެއް. އިމާރާތެއް އެޅޫނަކަަސް ނުވާނެ. ކޮމިޔުނިޓީގެ ތެރެއިން އެހީތެރިކަން ބޭނުންވާނެ. ސަރުކާރުން/މިނިސްޓްރީން ދާނީ ކޮމިޔުނިޓީއާ ގާތުން މަސައްކަތްކުރަމުން
ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެ ސިޓީ މޭޔަރުކަމުގައި އެމަނިކުފާނު ހުންނެވިއިރު، އޭރުގެ ސަރުކާރުން މިކަން ކުރުމަށް އެދެވޭގޮތެއްގައި އެއްބާރުލުން ލިބިފައި ނުވާކަމަށެވެ. އޭރު ކުރެވުނު މަސައްކަތުން މަސްވެރިންގެ ޕާކް ކައިރިން އެކަން ކުރުމަށް ބިމެއް ހޯއްދަވަން މަސައްކަތް ކުރެއްވިކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބުމުން އެކަން ނުކުރެވި ދިޔައީކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގައި ގާއިމްކުރި ކެޓްޝެލްޓަރ ރައީސް ބައްލަވާލައްވަނީ.. ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އައިސް މާލެސިޓީއަށް އެކަމުގައި އެއްބާރުލުންދީ ކަމާއި ގުޅުންހުރި ހާއްސަ މިނިސްޓްރީއެއް އުފައްދަވައި، އެންމެފަހުން މިއަދު ހުޅުމާލޭގައި ކެޓްޝެލްޓަރއެއް ގާއިމްކޮށް ނިމިފައިވާކަމަށެވެ.
ހުޅުމާލޭގައި ކެޓްޝެލްޓާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. "އޮޅުހިޔާ" ނަމުގައި މިއަދު ހުޅުވި ކެޓްޝެލްޓަރ ފެސިލިޓީ ގާއިމްކޮށްފައިވަނީ 5،000- އަކަފޫޓުގެ ބިމެއްގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists