އެމްޑީޕީ ޕީޖީ ޕްރެސް
ހަބަރު
06 Nov 2024 | 14:27
އެމްޑީޕީ ޕީޖީ ގްރޫޕްގެ އެންމެބޮޑު އެއް ކަންބޮުޑުވުމަކީ، އަދިވެސް ބަޖެޓްފޮތް ލިބިފައިނުވުން

ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނުއިރު، އަދިވެސް މެމްބަރުންނަށް ބަޖެޓް ފޮތް ލިބިފައިނުވާކަމަށް ބުނެ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހދ. ހަނިމާދޫ އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، މަޖިލީހުގައި މި ފަހުން ހޭދަކުރި އަހަރުތަކަށް ބަލާއިރު ބަޖެޓް ފޮތް ނުލިބި، ބަޖެޓް ހުށަހަޅާފައި ނުވާކަމަށެވެ. 

ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، މިހިނގާ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.

ބަޖެޓް ފޮތް ނުލިބޭ މައްސަލާގައި ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ، މިއަދާ ހިސާބަށް އާއިރުވެސް ބަޖެޓްފޮތް ލިބިފައިނުވާ ކަމަށާއި، ބަޖެޓްފޮތް ނުލިބި، ބަޖެޓާ ގުޅޭގޮތުން ދެންހުރި ނިންމުންތައް ނިންމަން އުނދަގޫވާނެކަމަށެވެ.

ބަޖެޓް ފޮތުގައި ހުންނާނެ ވަރަށް ބައިވަރު މައުލޫމާތުތައް. އަޅުގަނޑުމެންނަށް ބަޖެޓް ދިރާސާކުރުމުގައިވެސް އަދި މެމްބަރުންނަށް އެބޭފުޅުންގެ ދާއިރާގެ ކަންތަކުގައިވެސް އެއްވެސް އެއްޗެއް ބުނަން އެނގޭނީ ބަޖެޓް ފޮތް ލިބިގެން

އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވިއެވެ 

ގަޕޯ ވިދާޅުވީ ބަޖެޓް ހުށަހަޅަން ޖެހޭނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށާއި، ސަރުކާރުން ބަޖެޓް ހުށަހަޅާފައިވަނީ ޤާނޫނާ ހިލާފަށްކަމަށެވެ. ކައުންސިލްތަކަށް ބަޖެޓް ދޭންޖެހޭ މިންގަނޑެއް ބަޔާންކޮށްފައިވާއިރު، ކައުންސިލްތަކަށް ބަޖެޓް ކަނޑައަޅާފައިވަނީ ޤާނޫނުގައި ބުނާ މިންގަނޑަށް ނޫންކަމަށްވެސް ގަޕޯ ފާހަގަކުރެއްވިއެވެ. 

ސަރުކާރުން ކައުންސިލްތަކަށް ދޭންޖެހޭ ބަޖެޓް 30 އިންސައްތަ އުނިކޮށްފައިވާކަމަށް ތުހުމަތުކުރައްވަމުން ގަޕޯ ވިދާޅުވީ، އެހެން ދިމަދިމާލުން ފައިސާދީގެން އެކަން ކުރުމަކީ ކުރެވޭނޭ ހަމައެއް ނޫންކަމަށާއި، ކައުންސިލްތަކަށް ފައިސާ ދޭ އަދަދު ކަނޑައަޅަންޖެހޭނީ ސީދާ ރަސްމީ ބަޖެޓުގެ ތެރެއިންކަމަށެވެ. 

ނިމިގެންދާ އަހަރު ހަރަދުކުރިގޮތްވެސް އެނގެން އަންނަނީ ބަޖެޓް ފޮތް ލިބިގެން ކަމަށާއި، ބަޖެތްފޮތް ނުދީ ސަރުކާރުން ކަންތައްތަކެއް ފޮރުވަން އުޅޭކަން ގަޕޯ ވަނީ ފާހަގަކުރައްވާފައެވެ. ގަޕޯގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އެމްޑީޕީގެ އިތުރު މެމްބަރުންވެސް ވަނީ ބަޖެޓްގެ ކަންކަމުގައި ސަރުކާރުން އޮޅުވާލުންތަކެއް ގެންގުޅޭކަން ތުހުމަތުކުރައްވާފައެވެ.

ބަޖެޓް ފޮތުގެ މައްސަލައާ ގުޅޭގޮތުން ވޮއިސް އިން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ގުޅާލުމުން ވިދާޅުވީ މިއަދުގެ ވަގުތެއްގައި ބަޖެޓް ފޮތް ނެރޭނޭ ކަމަށެވެ.

ސަރުކާރުން ވަނީ ކުރިއަށްއޮތް 2025 ވަނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.