ރައީސް ޑރ.މުއިއްޒު/ ފައިލް ފޮޓޯ
ހަބަރު
06 Nov 2024 | 19:08
ދޮންމަންމައަށް ދޭންޖެހޭ ހަލާލުބައި, ހަލާސްކުރެއްވިގޮތް ރައީސްގެ ދުލުން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދޮން މަންމާފުޅާ ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތް މިއަދު އެމަނިކުފާނު ވިދާޅުވެދެއްވައިފިއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބު ދުވަސްވަރު ރާއްޖޭގެ މީޑިއާއަކުން ވަނީ، ރައީސް ޑރ.މުއިއްޒުގެ ދޮންމަންމާފުޅުގެ ބަސްދީގަތުމެއް ހިމަނައިގެން ރިޕޯޓެއް އާއްމުކޮށްފައެވެ. އެ ރިޕޯޓްގައި ދޮންމަންމާފުޅު ވިދާޅުވެފައިވަނީ މުއިއްޒުގެ ބައްޕާފުޅު އަވަހާރަވުމަށްފަހު، ލިބެންޖެހޭ ހަލާލުބައި ލިބިފައި ނުވާކަމަށެވެ.

މި މައްސަލާގައި ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ބައްޕާފުޅު އަވަހާރަވުމުން ދޮންމަންމަގެ ޤައުމުގައި ހުރި ގެތަކާއި ވިޔަފާރި ދޮންމަންމައަށް ހިބަކޮށް ދީފައިވާކަމަށެވެ. އެ ހުރިހާ އެއްޗެއް ދީފައިވަނީ، މާލޭގައި ހުރި ޑރ.މުއިއްޒުގެ ބައްޕާފުޅުގެ އިމާރާތް އެމަނިކުފާނަށް ލިބޭގޮތަށް ޝަރުއީ މަރުހަލާގެ ތެރެއިންނެވެ.

އަޅުގަނޑުގެ ބައްޕަ ނިޔާވެގެން ދިޔާމައި، ތަރިކަބެހުމުގެ ކަންތަކުގައި ހަމަ އެ އޮންނަ އުސޫލުން ކޯޓަށްގޮސްގެން ހުރިހާކަމެއް އެއޮތީ ނިމިފައި. ބައްޕަގެ ގޯތިތައް، ބިންތައް ހުރި ލަންކާގައި. ކޮލަމްބޯގައި ދެބިން. ކެންޑީގައި އެއެްބިން. ތިން ބިން. ތިން ގޯތި އިމާރާތް ހަދާފައި. އެތަނުން ދެތަނުގައި ގެސްޓްހައުސް ހަދާފައި. ވިޔަފާރިކުރާގޮތަށް. ހަމަ އާމްދަނީ ހޯދާގޮތަށް. އެއްތަނަކީ ދިރިއުޅެން ހަދާފައިހުރިތަނެއް. އެހެންވީމައި ތިން އިމާރާތް، ތިން ބިން އޮތް. އަޅުގަނޑު ނިންމީ އެ ތިން ގޯތި އިމާރާތާ އެއްކޮށް ވިޔަފާރިއާއެއްކޮށް ދޮންމަންމައަށްދޭން. ހިލޭ އެއްވެސް ބަދަލަކާ ނުލައި. 

ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ބައްޕާފުޅުގެ މިލްކިއްޔާތުގައި ހުރި ފައިސާގެ ތެރެއިން ލަންކާގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއްވެސް ދޮންމަންމައަށް ދީފައިވާކަމަށާއި އެގޮތަށް ކަންކުރުމުން މާލޭގައި ހުފަފެން އަތްބަށް ލިބެންޖެހޭ ބައި އެމަނިކުފާނަށް ދޫކޮށްލާނޭކަމަށް ދޮންމަންމަ ވިދާޅުވެފައިވާކަމަށެވެ. 

ތަރިކަ ބެހުމުގެ ކަންކަން ދިޔައީ އެ ހަމަތަކުގެ މަތިން ކަމަށާއި، މި ވީހާތަނަށް މި މައްސަލާގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވީ އެއީ، އެމަނިކުފާނުގެ މިޒާޖުގައި ހުންނަ ކަމަކަށް ނުވާތީ ކަމަށެވެ. ނަމަވެސް މިހާބޮޑަށް އެމަނިކުފާނުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުންދާތީ މިކަން ހާމަކުރީކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދޮންމާފުޅުގެ ވާހަކައާ ގުޅުވައިގެން ހަގީގަތެއްނެތް ވާހަކަތައް ފަތުރަމުންދަނީ ސިޔާސީ ވިސްނުމުގައިކަމަށެވެ.

ރައީސް ޑރ.މުއިއްޒުގެ ދޮންމަންމަ އާ ގުޅޭގޮތުން ދެކެވުނު މިވާހަކަތައް، މީގެކުރިން އެމަނިކުފާނުގެ އާއިލާއިންވެސް ވަނީ ދޮގުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ