ބޮލީވޫޑް ރެސްޓޯރެންޓުގެ ތާލީ
09 Nov 2024 | 11:12
ބޮލީވޫޑް ރެސްޓޯރެންޓުގެ "ތާލީ ލަންޗް" މާބޮޑަށްވެސް ތަފާތު

ފަހަކަށް އައިސް ދިވެހިންގެ މެދުގައި މެންދުރުގެ ކެއުމުގައި "ތާލީ" އަކީ ވަރަށް މަގުބޫލު ކެއުމަކަށް މިވަނީ ވެފައެވެ. ތާލީއަކީ ވަރަށްގިނަ ބާވަތުގެ ކެއުންތައް އެކުލެވޭގޮތަށް ތައްޔާރުކޮށްފައި ހުންނަ އިންޑިއާގެ ކެއުމެކެވެ. ތާލީއަކީ އިންޑިއާއަށް ނިސްބަތްވާ ވަރަށް ގަދީމީ ކެއުމެކެވެ. އަވައްޓެރި އިންޑިއާގެ ކެއުންތަކަކީ ދިވެހިންގެ މެދުގައި މިހާރު ނިކަން މަގްބޫލުކެއުންތަކެކެވެ.

ބަޓަރޗިކަން، ތަންދޫރީ ޗިކަން އަދި ބިރިޔާނީ ފަދަ ކެއުންތަކަކީ ދިވެހިންގެ މެދުގައި މިހާރު ވަރަށް މަގްބޫލެވެ. ރައްޓެހިންނާއެކު ރެސްޓޯރެންޓްތަކަށްގޮސް ފްރައިޑްރައީސް ކޭ ދުވަސްތައް މިހާރު މާޒީއާއެކު ހިނގައްޖެއެވެ.

ބޮލީވޫޑް ރެސްޓޯރެންޓުގެ މެނޫގައި ހިމެނޭ ކެއުންތަކުގެ ތެރެއިން މި ފަހަކަށް އައިސް ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ލިބިގެންގޮސްފައިވަނީ "ތާލީ" މެނޫއަށެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. މެނޫގައި އެކި ވައްތަރުތަކުގެ ކެއުންތައް ހިމެނޭއިރު، ބޭނުންނަމަ މެއިން ޑިޝްގެ ގޮތުގައި ޗިކަން، ބީފް، އަދި މަޓަން ހިޔާރުކުރެވެއެވެ. މެއިން ޑިޝް ނެގުމަށްފަހު، ބަތް، ރޮށި، ފަރާޓާ، ނާން ނުވަތަ ގީ ރައިސްވެސް ނެގިދާނެއެވެ. އެއަށްފަހު ސައިޑް ޑިޝްގެ ގޮތުގައި އެކި ބާވަތްތަކުގެ ރިހަ، ފްރައިޑް ވެޖްޓަބަލްސް، ނުވަތަ އެނޫންވެސް ބާވަތުގެ މީލްސްއެއް ހިޔާރުކުރެވިދާނެއެވެ.

އެހެން ރެސްޓޯރެންޓްތަކާ ހިލާފަށް ބޮލީވޫޑްރެސްޓޯރެންޓުގެ "ތާލީ"ގެ ހާއްސަކަމަކީ ވައްތަރުތައް ތަފާތުވެ ގިނަވުމެވެ. މީގައި ކުޅިކޮށްކާން ބޭނުންވާ މީހުންނަށް އެގޮތްވެސް ހިޔާރުކުރެވެއެވެ. އަދި އެނޫންގޮސް ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް އެބައޮތެވެ. ބޮލީވޫޑް ރެސްޓޯރެންޓުގެ އިންޑިއާގެ ކައްކާ "ތާލީ" ދޫކޮށްލާފައިވަނީ، ކަސްޓަމަރުންގެ ޝައުގުވެރިކަން ހުންނަ ގޮތަށެވެ. ބޮލީވޫޑް ރެސްޓޯރެންޓުން "ތާލީ" މެނޫގެ އަގުތައްވެސް ކަނޑައަޅާފައިވަނީ، ކަސްޓަމަރުންގެ ޖީބަށް ބުރައަކަށް ނުވާގޮތަށެވެ.

ތާލީ

ދެން އޮތީ އޮފީސްގަޑީގައި ކިތަންމެ ބޭނުންވިއަސް މެންދުރުގެ ލަންޗު ނެގުމަށް އުޒުރުވެރިވާ މީހުން ޝައުގުވެރިވާނެ ވާހަކައެކެވެ. ކައި ނިމިގެން އަތުން ކުލަ ނުވަތަ ވަސް ނުފިލާފާނެތީވެ ބައެއް މީހުން މިފަދަ ކެއުންތައް ކާން ކިތަންމެ ބޭނުންވިނަމަވެސް ޖެހިލުންވާ ފަހަރުވެސް އާދެއެވެ. މިއީ މިހާރު މައްސަލައެއް ނޫނެވެ. ބޮލީވޫޑް ރެސްޓޯރެންޓުން ވަނީ މިކަމަށްވެސް ހައްލެއް ހޯދައިދީފައެވެ. ކައިނިމިގެން އަތްދޮވުމަށްފަހު އަތް ފުހެލަން ވެއިޓަރު އެ ދިއްކޮށްލާ ރީނދޫކުލައިގެ، އެ ތުވާލިކޮޅު އަތުގައި ހާކާލުމުން ކޭ އެއްޗެހީގެ ވަހާއި ކުލަ އަތުން އިސާހިތަކު ދެއެވެ.

ބޮލީވޫޑް ރެސްޓޯރެންޓަށް ނުގޮސް އޮންލައިނުކޮށްވެސް "ތާލީ" މެނޫގެ އައިޓަމްތައް މާލެ އަދި ހުޅުމާލެއަށް އަވަސްފުޑް މެދުވެރިކޮށްވެސް މިހާރު ޑެލިވަރީކޮށްލެވޭނެއެވެ.

ތާލީގައި ހިމެނޭ އައިޓަމްތަކެއް

މާލޭގައި ހުންނަ ރެސްޓޯރެންޓްތަކުގެ ތެރެއިން އިންޑިއާގެ ކެއުންތައް ސީދާ އޮރިޖިނަލް އިންޑިއާގެ ރަހަތަކާއެކު ލިބެންހުރި ރެސްޓޯރެންޓުގެ ގޮތުގައި ގިނަބަޔަކު އެއްބަސްވާ ތަނަކީ މިހާރު ބޮލީވޫޑް ރެސްޓޯރެންޓެވެ. ގިނަ ޒުވާނުންވެސް މިހާރު އިންޑިއާގެ ކެއުމެއް ބޭނުންނަމަ ހިޔާރުކުރަނީ ބޮލީވޫޑް ރެސްޓޯރެންޓުގެ މެނޫކަން އެތަނަށްގޮސް ބަލާލުމުން އެނގެއެވެ.

އަވައްޓެރި އިންޑިއާގެ ރައްޔިތުންގެ އިތުރުން ދިވެހިންގެ މެދުގައި އިންޑިއާގެ ކެއުންތަކަށް ބޮލީވޫޑް ރެސްޓޯރެންޓް ހާއްސަވާ ވަރަށްގިނަ ސަބަބުތައް އެބަހުއްޓެވެ. މީގެ ތެރޭގައި ތަނުގެ އިންޓީރިއާގެ ހިތްގައިމުކަމަކީވެސް ކަސްޓަމަރުން ބޮލީވޫޑް ރެސްޓޯރެންޓަށް ޝައުގުވެރިވާ އެއް ސަބަބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.