ރާއްޖެ ބަންގާޅާ ބައްދަލުކުރި މެޗްގެ ތެރެއިން..
ހަބަރު
14 Nov 2024 | 12:59
ބަންގާޅުއަތުން ލިބުނު މޮޅަކީ، މިހާލަތުގައި ފުޓްބޯޅައަށް ބޭނުންވި އުއްމީދެއްގެ ފެށުން: ހުރާ އައްޔަ

ފީފާއިން އިންތިޒާމްކުރި ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އިއްޔެ ބަންގާޅުއަތުން ލިބުނު މޮޅަކީ، މިހާލަތުގައި ފުޓްބޯޅައަށް ބޭނުންވި އުއްމީދެއްގެ ފެށުންކަމަށް ރާއްޖޭގެ ޤައުމީޓީމުގެ ކުރީގެ އެއްވަނަ ފޯވާޑް އަލީ ޝިހާމް ބުނެފިއެވެ.

ވޮއިސްއާ ވާހަކަދައްކަމުން ގަލޮޅުދަނޑުން ފެނުނު އެންމެ އަހުލާގު ރަނގަޅުކަމަށް ގިނަ ބަޔަކު ފާހަގަކުރާ، ހުރާ އައްޔަ ބުނީ، ރާއްޖޭގެ ފުޓްބޯޅަ އާމެދު ސަޕޯޓަރުން މާޔޫސްވެފައި ތިއްބައި ޤައުމީ ޓީމް ބަންގްލަދޭޝްއަތުން މޮޅުވި މޮޅުވުމަކީ މިވަގުތަށް ކޮންމެހެންވެސް ބޭނުންވި އަދި ލިބިގެންދިޔަ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށެވެ. 

ބަންގްލަދޭޝްގައި ކުޅުނު މިމެޗް ރާއްޖޭގެ ޓީމް ކާމިޔާބުކުރީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. މެޗްގެ ނަތީޖާއާ ގުޅޭގޮތުން އައްޔަ ބުނީ، މެޗަކުން މޮޅުވުމަކީ ސަޕޯޓަރުން އެންމެ ބޭނުންވާ ކަންތައްކަމަށާއި، ކޮންމެ މޮޅަކާއެކު ޓީމަށް ސަޕޯޓްކުރާ މީހުން އިތުރުވެގެންދާނޭ ކަމަށެވެ. އުއްމީދަކީ މި ފެށުން ރަނގަޅަށްގޮސް ރާއްޖޭގެ ފުޓްބޯޅަ އިހުއޮތް ހާލަތަށް ދިއުންކަމަށް އުފަންރަށަށް ނިސްބަތްވާ ހުއްރިއްޔާގެ އިތުރުން ވެލެންސިއާ އާއި ނިއުރޭޑިއަންޓަށް ކުޅެ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެގިނަ ގޯލް ޖަހައިގެން ރަންބޫޓް ކާމިޔާބުކުރި އައްޔަ ބުންޏެވެ.

ބަންގާޅުގައި ކުޅުނު މެޗުން ރާއްޖެ މޮޅުވިއިރު، މިއީ އެޤައުމުގައި ކުޅެގެން ރާއްޖެއަށް މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ. ސާކް ސަރަހައްދަށް ނިސްބަތްވާ ޓީމްތަކުގެ ތެރެއިން ބަންގްލަދޭޝް އަކީ ރާއްޖެއަށް ބަލިކުރަން އުނދަގޫ ޓީމެކެވެ. އިްއޔެގެ މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ރާއްޖެއަށް ކާމިޔާބުކޮށްދިނީ،  އަލީ ފާސިރު (ސެންޓޭ) އެވެ.

ބަންގާޅުއަތުން މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިްނގެ ބައްދަލުވުމުގައި ރާއްޖޭގެ ގައުމީޓީމުގެ ކޯޗް އަލީ ސުޒޭން ވެސް ވަނީ ލިބުނު މޮޅަކީ ތާރީހީ މޮޅެއްކަން ފާހަގަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.