ނިޔާގެ ޚާއްސަ ޝުކުރެއް އަނބިކަނބަލުންނަށް!

11 Apr 2019 | 16:35

މިދިޔަ ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދާއިރާގެ ކެނޑިޑޭޓް އަލީ ނިޔާޒު ހޯއްދެވި ކާމިޔާބީގައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ނިޔާޒުގެ އަނބިކަނބަލުންނަށްކަމަށް އެބޭފުޅާ ވިދާޅުވެއްެޖެއެވެ.

ނިޔާޒު މިހެން ވިދާޅުވީ އިންތިޚާބުގެ ކާމިޔާބީ ފާހަަގަކުރުމަށް މިރޭ ހުޅުމާލޭގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިޔާޒު ވިދާޅުވީ އިންތިޚާބުގައި ލިބުނު ކާމިޔާބީއަށް އެންމެ ބުރަ މަސައްކަތެއް ކޮށްދެއްވި އެއްފަރާތަކީ ނިޔާޒްގެ އަނބިކަނބަލުން ކަމަށާއި އެކަމަނާއަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި ނިޔާޒްގެ އަނބިކަނބަލުންނަކީ މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ނިޔާޒްގެ ކެމްޕެއިން މެނޭޖަަރވެސްމެއެވެ. ނިޔާޒްގެ ކެމްޕެއިނުން ވަނީ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

މިރޭގެ ޖަލްސާގައި ނިޔާޒްވަނީ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރަން އޮފީހެއް ގާއިމްކުރައްވާނެކަން އިއުލާންކުރައްވާފައެވެ.

މިރޭގެ ހަރަކާތުގައި ނިޔާޒާއި އެންމެ ކައިރިން ވާދަކުރި ޕީއެންސީގެ ފައިސަލްވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނަތީޖާ ވެބްސައިޓުން ދައްކާ ގޮތުގައި ނިޔާޒަށް ވަނީ ވޯޓުލީ މީހުންގެ މެޖޯރިޓީ ލިބިފައެވެ. އެއީ 936ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 48.30އިންސައްތައެވެ. ނިޔާޒާއި އެންމެ ކައިރިން ވާދަކުރެއްވީ ޕީއެންސީގެ އިބްރާހިމް ފައިސަލެވެ. ފައިސަލްއަށް ލިބުނީ 518 ވޯޓެވެ.

Advertisement

ކޮމެންޓް