ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް
ހަބަރު
19 Nov 2024 | 10:21
މި ގައުމަށް ލިބޭ ހުރިހާ ފައިސާއެއްވެސް ލިބެނީ ހަމައެކަނި ފަތުރުވެރިކަމުގެ ތެރެއިން: ސިޔާމް

މި ގައުމަށް ލިބޭ ހުރިހާ ފައިސާއެއްވެސް ލިބެނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވަނީ، އެ ބަޖެޓް އެކުލަވާލާފައިވާ ގޮތާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ވިދާޅުވީ، ރާއްޖެއަށް ލިބޭ އާމްދަނީ ގިނަ ކަމަށާ އަދި އެއީ އެންމެން ވެސް ދަންނާނެ ކަމެއް ކަމަށެވެ. އަދި މި ގައުމަށް ލިބޭ ހުރިހާ ފައިސާއެއް ލިބެނީ ހަމައެކަނި ފަތުރުވެރިކަމުގެ ތެރެއިންކަމަށް ސިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ބޭނުން ރަނގަޅުގޮތުގައި ކުރަން ބަޖެޓްގައި ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މި ގައުމަށް ލިބޭ ހުރިހާ ފައިސާއެއްވެސް ލިބެނީ ހަމައެކަނި ފަތުރުވެރިކަމުގެ ތެރެއިންކަން ތިބޭފުޅުންނަށްވެސް ހުރިހާ ދިވެހި ރައްޔިތުންނަށްވެސް އެނގޭ. އަޅުގަނޑުމެން ވިސްނަންވީ ކަަމަކީ، އަޅުގަނޑުމެންނަށް ލިބޭ ފައިސާ ޚަރަދު ކުރަންވީ، އިންސާފު ވެރިކަމާއެކުކަން. ވައްކަން ނުކުރަންވީ، ޚަރަދު ބޮޑު ނުކުރަންވީ އިސްރާފް ނުކުރަންވީ. 

މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް

“މިބަޖެޓްގައި ފޮރިން މިނިސްޓްރީއަށް މިދިޔަ އަހަރުގެ ބެޖެޓަށްވުރެ 40 ޕަސެންޓް މިއޮތީ ގިނަ ވެފައި. ސިންގަޕޫރުގަ ހުންނަ އެމްބަސީއަށް ޚަރަދުކުރަން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. މިހެން ގޮސް ބެންކޮކްގަ ހުންނަ އެމްބަސީއަށް ޚަރަދުކުރަން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. ދުބާއީ އެމްބަސީއަށް އެތައް މިލިއަން ރުފިޔާއެއް. އެކި ގައުމުތަކުގަ އެމްބަސީތައް ހުޅުވައިގެން ވާކަމެއް ނެތް ހަރާމް“ ބަޖެޓަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވިއެވެ.

މިއާއެކު ސިޔާމް ވަނީ، ދުނިޔޭގެ ހުރިހާ ގައުމެއްގައި އެމްބަސީތައް ހަދައި، ރާއްޖޭގެ ޓެކްސް ޕޭޔަރުން ދޭ ހުރިހާ ފައިސާތަކެއް ޚަރަދުކުރުމުގައި އެކ އެކަމާ ލަދުވެތިވެ، ބިރުވެތިވާން ޖެހިއްޖެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.