ކަރެކްޝަން މާފުށީ ޖަލު
ހަބަރު
22 Nov 2024 | 23:01
ހާޝިމް ގެއަށް ބަދަލުކުރީ ބަލިހާލަތު ހުރިގޮތުން، ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީ: ކަރެކްޝަން

ޖަލުގައި ބަހައްޓައިގެން ހުކުމް ތަންފީޒު ކުރަމުންދިޔަ ހއ.ހޯރަފުށީ އަންދަލީބުގެ ހާޝިމް އަބޫބަކުރު ގެއަށް ބަދަލުކުރީ ބަލިހާލަތު ހުރިގޮތުން، ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅޭގޮތުން، ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން 57 އަހަރުގެ ހާޝިމް އަކީ 2022 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުކުމް ތަންފީޒުކުކުރުމަށް ޖަލަށް ލާފައިހުރި މީހެއްކަމަށެވެ. އޭރުވެސް ހާޝިމް އައީ އުނަގަނޑުގެ މައްސަލައެއް ހުރެ އެކަމުގެ ވޭން ތަހައްމަލުކުރަމުން ކަމަށާއި، އޭނާގެ ސާޖަރީ ރާއްޖޭން ކުރެވެން ނެތުމުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން އޮގަސްޓްމަހުގެ 5 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ބޭސްފަރުވާކުރުމުގެ ހުއްދަ ދީފައިވާކަމަށެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށްފަހު ސެޕްޓެމްބަރުމަހުގެ 16 ވަނަ ދުވަހު ހާޝިމް ރާއްޖެ އައިކަން ފާހަގަކުރަމުން ކަރެކްޝަނުން ބުނީ ބަލިހާލަތު ހުރިގޮތުން، ޑޮކްޓަރު ލަފާގެމަތިން ޖަލުގައި ބަހައްޓައިގެން ބޭސްފަރުވާ ނުދެވޭނެތީވެ، އޭނާ ވަނީ ހުކުމް ތަންފީޒުކުރުމަށް ވަގުތީގޮތުން ގޭބަންދުގައި ބަހައްޓާފައިކަމަށެވެ. މިގޮތުން އޮންނަ އުސޫލުގެ ދަށުން ހާޝިމްގެ ކަންކަން މޮނީޓަރކޮށް ބަލަހައްޓަމުންދާކަމަށްވެސް ކަރެކްޝަނަލް ސަރވިސް އިން ބުނެއެވެ.

ހާޝިމް އަކީ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގައި ހުކުމް ތަންފީޒުކުރަމުންދާ މީހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ