މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މަޖިލީހުގެ މިއަދުގެ ޖަލްސާގައި: ފޮޓޯ/ މަޖިލިސް
ހަބަރު
27 Nov 2024 | 10:25
ސޮއިކޮށްފައި އެކަނިވެސް 39 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް؛ އައު މަޝްރޫޢު ފަށާނީވެސް ކޮން ފައިސާއަކުންތޯ؟“: މުއްޠަލިބު

ކުރީ ސަރުކާރުގައި، އިންތިޚާބު ތަކަށް ޓާގެޓްކޮށް، ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެކަނިވެސް 39 ބިލިއަން ރުފިޔާގެ މަޝްރޫއު ސޮއިކޮށްފައި އެބަހުރި ކަމަށް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވަނީ އެއީ ދައުލަތުގެ އެއްވެސް ބަޖެޓަކުން ކުރެވޭ އަދަދެއްގެ މަސައްކަތްތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"39 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އާމްދަނީގެ ގޮތުގައިވެސް ނުލިބޭ އަހަރެއްގެ ތެރޭގައި،" މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ނިމިދިޔަ 2023 ވަނައަހަރުގެ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބަށް އަމާޒުކޮށްވެސް ގިނަ މަޝްރޫޢުތަކެއް ކުރީ ސަރުކާރުން ބަޖެޓުގައި ހިމަނާފައި ހުރި ކަމަށެވެ. އެހެން ނަމަވެސް، އެ ބަޖެޓުގައި ހުރީ ކޮންމެ ރަށަކަށް "އެތިކޮޅެއް" ދޭ ގޮތަށް ކަމަށާ، އެގޮތަށް އަދަދުތައް ޖެހުމުން މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައިވެސް، މަޖިލިސް އިންތިޚާބަށް ޓާގެޓްކޮށް މަޝްރޫޢުތައް ޖަހާފައި އެބަ ހުރި. މިދެންނެވީ ސޮއިކޮށްފައި އެކަނިވެސް 39 ބިލިއަން ރުފިޔާ. ދެން ކިހިނެއްތޯ އައު، މަޝްރޫޢުތަކެއް ފަށާނީ؟ ކޮންތާކު ހުރި ފައިސާއަކުންތޯ؟ އެއް ލައްކަ ރުފިޔާ ޖަހާފައި އެބަހުރި މަސައްކަތެއް ފަށަން.. 2 ލައްކަ ޖަހާފައި މިހުންނަނީ މަސައްކަތެއް ފަށަން. އެހެންވީމާ އެ މަސައްކަތް ފެށޭވަރަށް ފައިސާ ހިމަނާފައި ނެތީމާ، އަޅުގަނޑުމެންނަށް މަސައްކަތެއް ނުފެށޭ. 

މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް 

ކަންމިހެން ހުރުމުން، 2025 ވަނަ އަހަރުގެ ބަޖެޓު ފަރުމާ ކުރެވުނީ އެހުރިހާ ކަމަކަށް ބަލައިގެން ކަމަށާ، ފުރުސަތު ލިބުނު ވަރަކުން ހުރިހާ މަޝްރޫއުއެއްވެސް ކުރިއަށް ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވުއެވެ.

"2025 ވަނަ އަހަރުގެ ބަޖެޓު އަޅުގަނޑުމެން ހަދާފަ އެ އޮތީ މި ދެންނެވި ގޮތަށް އެންވެލޮޕެއްގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދެވޭ ގޮތަށް އެހެންވީމަ އަޅުގަނޑުމެންނަށް ކުރިއަށްގެންދަން ފުރުސަތު ލިބޭވަރަކަށް ހުރިހާ މަޝްރޫއެއްވެސް ކުރިއަށް ގެންދާ ގޮތަށް،" މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.