ޝުކުރު އަދާކުރުމަށް ހަސަންޓެ ދޮރުން ދޮރަށް!

12 Apr 2019 | 22:35

ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވައި ކާމިޔާބު ހޯއްދެވި އަހްމަދު ހަސަން (ހަސަންޓޭ)އަށް ލިބުނު ކާމިޔާބީއަށް ޝުކުރު އަދާކުރުމަށް ދާއިރާގެ ހުރިހާ ގެއަކަށް ދޮރުން ދޮރަށް ޒިޔާރަތްކޮށްފިއެވެ.

މިކަމާގުޅިގެން ހަސަންޓޭ ވޮއިސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިއީ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް ކުރި ޒިޔާރަތެއްކަމާއި ހިޔާލު ތަފާތުވިކަމުގައިވީކަމުގައި ވީނަމަވެސް އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއްނެތި ހިދުމަތް ކުރުމުގެ ޔަޤީންކަން ދިނުމަށްކުރި ޒިޔާރަތެއްކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި ހަސަންޓޭ އުންމީދުކުރަނީ ދާއިރާގެ ތަރައްޤީއަށްޓަކައި ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާއި ގުޅިގެން ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެކަމަށެވެ.

ދާއިރާގެ ރައްޔިތުން ފާހަގަކުރާގޮތުގައި ހަސަންޓޭއަކީ މީހުނާއި ގުޅޭ ހިތްހެޔޮ ބޭފުޅެއްގޮތުގައެވެ. މީގެ އިތުރުން މިއިންތިހާބަކީ މިހާތަނަށް އެމްޑީޕީއަށް އިނގުރައިދޫގެ މެޖޯރިޓީ ލިބުނު ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް