އައްޑަނަ ވޯކްޝޮޕްގެ ތެރެއިން: ފޮޓޯ/ އަލް އަސްރު
ހަބަރު
28 Nov 2024 | 09:54
ﷲ ގެ ޙައްޤުތަކަށް ރައްކާތެރިވާނެ ޖީލެއް އުފެއްދުމަށް އަލްޢަސްރުން ކުރިއަށް ގެންދާ ”އައްޑަނަ“ ވޯކްޝޮޕް މިއަދު

ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، الله ގެ ޙައްޤުތަކަށް ރައްކާތެރިވާނެ ޖީލެއް އުފެއްދުމުގެ މަޤްޞަދުގައި އަލްޢަސްރު ޖަމްޢިއްޔާއިން "އައްޑަނަ" ނަމުގައި ޚާއްޞަ ވޯކްޝޮޕެއް މިރޭ ފެށޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މި ވޯކްޝޮޕް އަމާޒުކުރެވިފައިވަނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ވޯކްޝޮޕް ކުރިއަށްދާނީ 28 ނޮވެމްބަރުން 30 ނޮވެމްބަރަށް، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގައެވެ. އެގޮތުން، ވޯކްޝޮޕްގެ ފުރަތަމަ ސެޝަންއޮންނާނީ މިރޭ 20:00 ގައެވެ. 

އަލްޢަސްރުގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ الله ސުބްޙާނަހޫ ވަތަޢާލާގެ ޙައްޤުތަކަށް ރައްކާތެރިވާ ޒުވާން ޖީލެއް ބިނާކުރުމެވެ. އަދި މި ވޯކްޝޮޕަކީ ދީނާމެދު ފުންކޮށް ވިސްނާލުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައިދިނުމަށާއި، އަމިއްލަ ޢަޤީދާއާމެދު އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދައިދިނުމަށް ތައްޔާރުކުރެވިފައިވާ ވޯކްޝޮޕެއް ކަމަށެވެ.

"އައްޑަނަ" ވޯކްޝޮޕްގެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މިއީ އާންމު ވޯކްޝޮޕްތަކާ ތަފާތު، ޒުވާނުންނާ ގުޅޭ މަޖާ އަދި އިންޓަރެކްޓިވް މާޙައުލެއްގައި ދީން ދެނެގަތުމަށް މަގުފަހިކޮށްދޭ ވޯކްޝޮޕަކަށް ވުމެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންދަނީ ބައިވެރިންގެ ޢަމަލީ ބައިވެރިވުމާއެކު، މަލްޓިމީޑިއާ ޕްރެޒެންޓޭޝަންތަކާއި މި ޒަމާނުގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުޞަތު ދެވިގެންނެވެ.

ވޯކްޝޮޕްގެ މުހިންމު ބައިތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާ ފަހުމުކޮށްދިނުމާއި، ސޯޝަލް މީޑިއާގެ ޒަމާނުގައި އީމާންތެރިކަން ދަމަހައްޓާނެ ގޮތްތައް ދަސްކޮށްދިނުން ހިމެނެއެވެ. އަދި ދީނުގައި ކްރިޓިކަލް ތިންކިންގ ގެންގުޅެންވީ އުސޫލުތައްވެސް ކިޔައިދެއެވެ.

ވޯކްޝޮޕްގެ މައިގަނޑު ނުކުތާތައް ކަމުގައިވާ ތައުޙީދު، އަލްވަލާ ވަލްބަރާ، އަދި ޝިރުކު ފަދަ ޝަރުޢީ މައުޟޫޢުތައް ކިޔަވައިދެއްވާނީ މަދީނާ ޔުނިވަރސިޓީގެ ދެ ގްރެޖުއޭޓުން ކަމަށްވާ އައްޝައިޚް މުޙައްމަދު ސާޖިދުއާއި އައްޝައިޚް ޙަސަން ފައިޞަލްއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނަން، އުމުރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނައި 7925277 ނަންބަރަށް އެސްއެމްއެސް ނުވަތަ ވައިބަރ މެސެޖެއް ފޮނުވުމަށް އަލްޢަސްރުން އެދިފައިވެއެވެ. އަދި މި ވޯކްޝޮޕަކީ ހިލޭ ބައިވެރިވެވޭ ވޯކްޝޮޕެއްކަމަށާ ވޯކްޝޮޕްގައި ބައިވެރި ވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލެވިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

އަލްޢަސްރުން އިތުރަށް ބުނި ގޮތުގައި މި ވޯކްޝޮޕަކީ ހަމައެކަނި ލެކްޗަރ އަޑުއެހުމުގެ ބަދަލުގައި ވަރަށް އެންގޭޖިންގ އަދި ޒަމާނީ އުސްލޫބަކުން ކުރިއަށްގެންދެވޭ ވޯކްޝޮޕެކެވެ. މީގެ ސަބަބުން ބައިވެރިންނަށް އެމީހުންގެ އަމިއްލަ ނަފްސަށް ތަފާތު ގެނުވާނެ މަޢުލޫމާތު ލިބި، އެއް އުމުރުފުރައިގެ އެހެން ޒުވާނުންނާ ބައްދަލުވެ، ޢަޤީދާއާ ގުޅޭ ސުވާލުތަކާމެދު މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

އަލް އަސްރުގެ ފަރާތުން މައުލޫމާތު ދެއްވަމުން ގައުމީ ފުޓުބޯޅަޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ވިދާޅުވީ، މި ވޯކްޝޮޕްގެ ސަބަބުން ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވެ، الله ގެ ޙައްޤުތަކަށް ރައްކާތެރިވާ ޖީލެއް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި އޭނާ ވަނީ ވީހާވެސް ގިނަ ޒުވާނުން މި ވޯކްޝޮޕްގައި ބައިވެރިވުމަށް އެދިލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ