މާލޭ މަގުމަތި
ހަބަރު
28 Nov 2024 | 11:31
ވައްކަން ކުރަން ވަތް މީހަކު، ފުލުހުންނަށް ފިލަންވެގެން ހުރީ އަލަމާރިއަށް ވަދެ ބޮލަށް ކޮތަޅެއް މަހައިގެން!

ގެއަކުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކުރަން ދިޔުމުން ފުލުހުންނަށް ފިލަން ގޭގެ އަލަމާރި ތެރެއަށް ވަދެ، ބޮލުގައި ކަޅު ކޮތަޅެއް އަޅައިގެން ހުރި ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ 33 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ދަންވަރުގެ ވަގުތެއްގައި މާލޭގެ ގެއަކަށް ވަދެ، ވައްކަންކުރަން އުޅުމުގެ ތުހުމަތުގައި ކަމަށް ބަންދު އަމުރުގައި ވެއެވެ.

އެގޮތުން، އެ މީހާ ގެއަށް ވަންނަ މަންޒަރާއި ގޭތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާއިރު، އެ ގެއިން އަގު ބޮޑު ދެ ފޯނު ވަގަށް ނެގި ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކުރަން ފުލުހުން ދިއުމުން އެ މީހާ އެ ވަގުތު ހުރި ގޭގެ އަލަމާރި ތެރެއަށް ވަދެ، ބޮލުގައި ކަޅު ކޮތަޅެއް އަޅައިގެން ފުލުހުންނަށް ފިލަން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުނި ކަމަށް ކޯޓު އަމުރުގައިވެއެވެ.

މީގެ އިތުރުން ކޯޓު އަމުރުގައި ބުނީ، އެ މީހާ ތަހުގީގަށް ހާޒިރުކުރުމުން ހަނުހުރީ މައްސަލަ ބެއްލެވި ފުލުސް އޮފިސަރު "އަވަސް ކޮށްލާށޭ.. ހަނު ބަޔާނެއް ދޭށޭ،" ބުނުމުން ކަމަށް އޭނާ ބުނި ކަމަށެވެ. އެހެންވެ، ޝަރީއަތުގެ މަޖިލީހުގައި ވެސް އޭނާ ދިފާއަށް އެއްވެސް އެއްޗެއް ބުނެފަ ނުވާ ކަމަށް އަމުރުގައި ވެއެވެ.

މި މީހާގެ ބަންދު އަމުރުގައިވާ ގޮތުން، މި ބާވަތުގެ 45 މައްސަލައެއްގައި މީގެ ކުރިން ވެސް އެ މީހާ ހައްޔަރުކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 27 ފަހަރު ބަންދުކޮށް މުއްދަތު ވެސް ޖަހާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ