މ.މުލަށް-- ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއަރ
ހަބަރު
28 Nov 2024 | 13:12
މުލަކުގައި ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރާނެ މަރުކަޒެއް ގާއިމުކުރަނީ

މ.މުލަކުގައި ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރާނެ މަރުކަޒެއް ގާއިމުކުރުމަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މުލަކު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މުލަކުގައި ފަތުރުވެރިކަމުގެ ތަޢުލީމާއި، ހުނަރާއި، ފަންނުތަކުގެ ދާއިރާއިން މީހުން ބިނާކުރާނެ މަރުކަޒެއް ޤާއިމުކުރުމަށް އެރަށުގެ ހުޅަނގު އުތުރު ފަޅިން، މ. މުލަކު ކައުންސިލުގެ ނަމުގައިވާ 53،000 އަކަފޫޓުގެ ބިން، ކުއްޔަށްދޫކުރުމަށް ނިންމާފައިވާކަމަށެވެ.

އެހެންކަމުން، އެކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު މުލަކު ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

މުލަކު ކައުންސިލުން ބުނީ، ބީލަން ހުޅުވާލެވިފައި ވަނީ، ދިވެހި ރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

ލަން ފޯމްގެ އަގަކީ 3،000 ރުފިޔާއަށް ވާއިރު، މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 2024 ނޮވެންބަރު 27 ން 2024 ޑިސެންބަރު 05 ގެ 13:00ގެ ނިޔަލަށް ބީލަން ރަޖިސްޓްރީ ފޯމް ނަންގަވާ، "ބީލަން ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ، 2024 ޑިސެންބަރު 12 ވަނަ ދުވަހުގެ 13:00ގައި، މުލަކު ކައުންސިލު އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށް އެއިދާރާއިން މައުލޫމާތުދެއެވެ.

މި ބިން ދޫކުރަން ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަކަށްކަމަށާއި، މި އިމާރާތް 18 މަސްދުވަހުގެ ތެރޭގައި އަޅައި ނިންމަންޖެހޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މުލަކު ކައުންސިލުން އިތުރަށް ބުނި ގޮތުގައި، ޕްރޮޕޯސަލް ހުށައަޅާއިރު ސީއެސްއާރުގެ ގޮތުގައި ކައުންސިލަށް ކޮށްދިނުމަށް ހުށައަޅާ ކަންކަމާއި، ތައުލީމީ ދާއިރާ އަދި އިޖްތިމާޢީ ދާއިރާއިން ކުރާނެ ކަންކަން ހިމަނަން ޖެހޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ