ނޮކިއާ، އެއާޓެލް
ހަބަރު
28 Nov 2024 | 19:51
ނޮކިއާ ކުންފުނީގެ ފަހުގެ ޓެކްނޮލޮޖީތައް އެއަރޓެލްއަށް ވިއްކަނީ

އިންޑިއާގައި 4ޖީ އަދި 5ޖީ ޚިދުމަތް ފުޅާކުރުމަށް ނޮކިއާ އާއި އިންޑިއާގެ އެއަރޓެލް ކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެގްރިމެންޓްގެ ދަށުން އެއަރޓެލް ކުންފުނިން އިންޑިއާގައި ފޯރުކޮށްދޭ 4ޖީ އަދި 5ޖީ ޚިދުމަތް ފުޅާކުރުމަށް ނޮކިއާ ކުންފުނީގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރެވޭނެއެވެ. މިއާއެކު އިންޑިއާގައި މިހާރު އޮތް އެއަރޓެލް ކުންފުނީގެ ވިއުގަ އިތުރަށް ތަރައްގީކުރެވި، ފުޅާކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ނޮކިއާއިން އެކުންފުނީގެ 5ޖީ އެއާސްކޭލް ޕޯޓްފޯލިއޯގެ ޓެކްނޮލޮޖީތަކާއި ސާމާނު އެއަރޓެލްއަށް ފޯރުކޮށްދޭނެ ކަމަށާއި އޭގެ ތެރޭގައި ބޭސް ސްޓޭޝަންތަކާއި ބޭސްބޭންޑް ޔުނިޓްތަކާއި ރީފްޝާކް ސިސްޓަމް-އޮން-ޗިޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ މެސިވް މިމޯ ރޭޑިއޯތައް ހިމެނެއެވެ. މި ޓެކްނޮލޮޖީގެ އަމާޒަކީ 5ޖީއަށް ބަދަލުވެގެންދާއިރު، އެއާޓެލްގެ ވިއުގައިގެ ގާބިލްކަން އިތުރުކުރުމެވެ. 5ޖީ އިންފްރާސްޓްރަކްޗަރ ޑިޕްލޮއިކުރުމުގެ އިތުރުން ނޮކިއާއިން އެއަރޓެލްގެ 4ޖީ ނެޓްވޯކް، އެޑްވާންސް މަލްޓިބޭންޑް ރޭޑިއޯތަކާއި ބޭސްބޭންޑް ޔުނިޓްތަކާއެކު 5ޖީ އަށް ތައްޔާރުކުރެވި އަޕްގްރޭޑްކުރުމަށް ހަމަޖެހިފައިވެއެވެ.

ނޮކިއާ އާއި އެއަރޓެލްއިން އެއްބަސްވުމެއް ގާއިމުކޮށްފައި މިވަނީ އިންޑިއާގެ މުވާސަލާތީ ސިނާއަތުގައި 5ޖީ އެޑޮޕްޓް ކުރުން ހަލުވިކަމާއި އެކު ކުރިއަށްދާ ދަނޑިވަޅެއްގައި، ބޮޑެތި އޮޕަރޭޓަރުން އެކުންފުނިތަކުގެ ވިއުގަތަކާއި އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެއަރޓެލްގެ ނެޓްވޯކް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ކަނެކްޓިވިޓީ އިތުރުކުރުމަށް އެކުންފުނިން ގެންގުޅޭ ފުޅާ ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެކެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ