ޑރ. އާދަމް ޝަމީމް
ހަބަރު
29 Nov 2024 | 11:01
ޑރ. ޝަމީމްގެ "އަޖަލު މާ ގާތޭ އިނގޭ" ދަރުސް މިރޭ ނޮޅިވަރަމުގައި

ހދ. ނޮޅިވަރަމުގައި ދީނީ އިޖުތިމާއީ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއްރިސާލާއިން އިންތިޒާމުކޮށްގެން ބާއްވާ "އަޖަލު މާ ގާތޭ އިނގޭ" ދަރުސް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ދެއްވާ މި ދަރުސް އޮންނާނީ، މިރޭ 20:30 ގައި ނޮޅިވަރަމު ބަނދަރުގައެވެ.

ޖަމްޢިއްޔަތުއްރިސާލާގެ ރައީސް ޢަލީ އަސްލަމް މަޢުލޫމާތު ދެއްވި ގޮތުގައި މި ދަރުހުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ފަހަކަށް އައިސް ހިނގާފައިވާ ބައެއް ހިތާމަވެރި ހާދިސާތަކުން އިބުރަތް ހާސިލުކޮށް، މަރަކީ ކޮންމެ ވަގުތެއްގައިވެސް ދިމާވެދާނެ ކަމެއްކަން ހަނދާންކޮށްދިނުމެވެ.

"މުސްކުޅިން، ޒުވާނުން، އަންހެނުން، ފިރިހެނުން، ކުޑަކުދިން، މި ހުރިހާ ބަޔަކަށްވެސް ކޮންމެ ވަގުތަކު މަރާ ކުރިމަތިލާން ޖެހިދާނެ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ މި ހަޤީޤަތް ހަނދާންކޮށްދީ، އިސްލާމްދީނުގެ ތެދުމަގަށް ރުޖޫޢަވުމަށް ބާރުއެޅުމަށް," ޢަލީ އަސްލަމް ވިދާޅުވިއެވެ.

މި ދަރުސް ދާރިސް ޓީވީއިން ލައިވްކޮށް ދައްކާނެ ކަމަށް ޖަމްޢިއްޔަތުއްރިސާލާއިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، ކައިރި ރަށްރަށުން އެކަށީގެންވާ ތަރުހީބެއް ލިބޭނަމަ، ދަރުހަށް ދިއުމަށް ޚާއްޞަ ފެރީ ދަތުރުތަކެއް ބޭއްވުމަށް ގަސްތުކުރާ ކަމަށްވެސް ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ދަރުހުގެ ބައިވެރިންގެ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭފަރާތަކަށް އިނާމެއްގެ ގޮތުގައި ފޯނެއް ލިބޭނެ ކަމަށްވެސް ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.