ފޯރިގަދަ ވެމްކޯ ކްލިކް ކޮލެޖް ކަޕް ނިންމާލައިފި

14 Apr 2019 | 22:59

ފޯރިގަދަ ވެމްކޯ ކްލިކް ކޮލެޖް ކަޕް މިއަދު ނިންމާލައިފިއެވެ. .

މުޅިއެކު އަށްޓީމު ކުޅުނު މި މުބާރާތުގެ ފިރިހެން ޓީމްތަކުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް މުޑިކާޑުއެވެ. އަދި އަންހެން ޓީމްތަކުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް ޕްރޯ ސްޕޯރޓްސް ކްލަބް ގާލްސްއެވެ.

އެގޮތުން ޓީމް މުޑިކަޑު ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް ވީ ޑެމް ބޯއިސްއާއި ބައްދަލުކޮށް އެކެއް ތިނެއްގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްގެންނެވެ.

އެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް މުޑިކާޑުގެ ހުސައިން އަހުޝަމްއެވެ. ޓީމް ޕްރޯ ސްޕޯރޓްސް ކްލަބް ގާލްސް މުބާރާތް ކަމިޔާބުކޮށްފައިވަނީ ޓީމް ވާނުވާއާއި ބައްދަލުކޮށް އެކެއް ހަތަރަކުން މެޗް ކާމިޔާބުކޮށްގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޕްރޯ ސްޕޯރޓްސް ކްލަބް ގާލްސްގެ އީމާ އަހުމަދުއެވެ.

މިމުބާރާތުގެ ރަނަރއަޕް ޓީމަކަށް ހޮވިފައިވަނީ ޓީމް ވީ ޑެމް ބޯއިސް އަދި ޓީމް ވާނުވާއެވެ.

މިމުބާރާތުގެ ޖުމްލަ އަށްޓީމް ބައިވެރިވެފައިވާއިރު މި މުބާރާތަކީ ކްލިކް ކޮލެޖްގެ ކޮންމެ ސެމިސްޓާއެއްގައި ބާއްވާ މުބާރާތެކެވެ.

Advertisement

ކޮމެންޓް