އަންހެން ހެދުން އަޅައިގެން މީސް މީޑިއާގައި ޕޯސްޓުތައް ކުރާ ޔާޔާ ނަބީލް
ހަބަރު
08 Dec 2024 | 13:12
ޔާޔާ ނަބީލަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވިތާ ހަތަރުމަސް ވެފައިވާ ކަން ފުލުހުން ހާމަކޮށްފި!

އަންހެން ހެދުން އަޅައިގެން މީސް މީޑިއާގައި ފޮޓޯތަކާއި ވީޑިއޯތައް އާއްމު ކުރަމުންދާ މުހައްމަދު ނަބީލު (ޔާޔާ ނަބީލް، 39އ) އަށް ދައުވާ ކުރަން ފޮނުވާފައިވާތާ ހަތަރު މަސް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީގެ ކުރިންވެސް އަދި މިހާރުވެސް، އާއްމު އިޖްތިމާޢީ މިންގަނޑާއި، އަދި އިސްލާމްދީނާއިވެސް ޚިލާފަށް، އަންހެން ހެދުން އަޅާއިގެން ފާޑުފާޑުގެ ވީޑިއޯތައް  މީސްމީޑިއާގައި އާއްމު ކުރަމުންދާ ޔާޔާ ނަބީލަށް ފިޔަވަޅެއް ނާޅައި ދޫކޮށްލާފައި ހުންނާތީ އެކަމާ އާއްމުން ކަންބޮޑުވުންފާޅު ކުރަމުންދާއިރު، ނޫސްވެރިންވެސް ވަނީ ތަކުރާރުކޮށް ފުލުހުންނާއި އެ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް މިއަދު ޖަވާބު ދެމުން ފުލުހުން ބުނީ، އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފަށް 39 އަހަރުގެ ފިރިހެނަކު އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯތައް ޝާއިއު ކުރަމުންދިޔަ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި 17 ޖުލައި 2024 ވަނަ ދުވަހު ޕީޖީއަށް ފޮނޮވާފައިވާ ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

ނަމަވެސް މި މައްސަލަ އާއި ގުޅިގެން މި އަހަރުގެ މެއި މަހުގެ ތެރޭގައިވެސް އޭނާ ހައްޔަރު ކުރެވުނެވެ.

މި މައްސަލަ އާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ، ގ. ކަމަރާގެ، މުޙައްމަދު ނަބީލް، ނިވައިކަން ކުޑަ އަންހެން ހެދުން ލައިގެންހުރެ ނަށާ ވީޑިއޯތަކެއް "ޓިކްޓޮކް" އެކައުންޓެއްގައި ޝާއިޢުކުރަމުންދާކަމަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ”ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިޢުކުރުމުގެ“ ދައުވާ ކޮށްފައިވާ ކަމަށެވެ.

އެ ދަޢުވާކޮށްފައިވަނީ، މުޙައްމަދު ނަބީލް، ނިވައިކަން ކުޑަ އަންހެން ހެދުން ލައިގެންހުރެ ނަށާފައިވާ ހަޑިހުތުރު ވީޑިއޯތަކެއް "ޓިކްޓޮކް" އެކައުންޓެއްގައި ޝާއިޢުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައާ ގުޅިގެން 04 މޭ 2024 ދުވަހު 17:28 އެހައިކަންހައިއިރު, ކޯޓު އަމުރެއްގެ ދަށުން ކ.މާލެ، ގ.ކަމަރާގޭގައި މީނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރަން ފުލުހުން ދިއުމުން، މީނާއަކީ ޓިކްޓޮކްގައި "ކޮރޮސް ޑްރެސަރ" އެއްކަމަށް ބުނެ، އެ ކޮޓަރި ތެރެއިން މީނާ ބޭނުންކުރާ އަންހެން ހެދުންތައް ފުލުހުންނަށް މީނާ ދައްކާފައިވާތީއާއި، ސޯޝަލް މީޑިއާ ޓިކްޓޮކް @lucy33303 އެކައުންޓްގައި ޢާންމުކޮށްފައިވާ ވީޑިއޯތައް ފުލުހުން ނަގައި އެނަލައިޒް ކުރިއިރު، އެ ވީޑިއޯތަކުގައި މުޙައްމަދު ނަބީލު ހަޑިހުތުރުކޮށް ނިވައިކަންކުޑަ އަންހެން ހެދުންލައިގެން ނަށައިފައިވާތީ ކަމަށެވެ.

މި ދައުވާ ސާބިތު ވެއްޖެ ނަމަ އޭނާ އަށް އަންނާނެ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލު ހުކުމެކެވެ.

މި މައްސަލަ 25 ޖުލައި 2024 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މީސްމީޑިއާގައި އަންހެން ފޭރާން އަޅައިގެން ނިވާކަންކުޑަ ކޮށް އުޅޭ މައްސަލާގައި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޔާޔާ ނަބީލް ބަންދުކުރެވުނެވެ. 

އެގޮތުން އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާންމުކުރުމުގެ މައްސަލައިގައެވެ. އެފަހަރު ދައުލަތުން ޔާޔާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. 

އެ ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ޖަލަށް ލާންވެސް ހުކުމް ކުރެވުނެވެ. ހުކުމް ތަންފީޒުވެ ނިމުމުން އޭނާ ވަނީ މިނިވަން ވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.